ގަލްފު ސަރަހައްދުން ދަތުރުކުރަމުން ދިޔަ ތެޔޮ ޓޭންކަރެއް ގޮވައި ފަޅުވެރިއަކު މަރުވެއްޖެއެވެ.
މާޝަލް އައިލެންޑްސްގެ ދިދައިގައި ދަތުުރުކުރަމުން ދިޔަ އެމްޓީ ވެލޮސް ސެފަޔަރ ގޮވީ މިސައިލް ހަމަލާއެއް އަމާޒުވެގެން ކަމަށް ބެލެވޭ ކަމަށް އެ ބޯޓުގެ އޭޖެންޓު ވަނީ ބުނެފައެވެ. އެ ޓޭންކަރަށް ހަމަލާ އަމާޒުވީ ތެޔޮ ބަރުނުކޮށް ބަހްރައިންއާ ދިމާލަށް ދަތުރުކުރަމުން ދަނިކޮށެވެ.
ހާދިސާގައި މަރުވި މީހާ ފުރަތަމަ ރިޕޯޓުކޮށްފައި ވަނީ ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހެއްގެ ގޮތުގައެވެ. ނަމަވެސް ޒަހަމްތަކެއް ލިބި، އޭނާ މަރުވެފައި އޮއްވާ ފަހުން ވަނީ ފެނިފައެވެ. އެ ހާދިސާގައި އިތުރު މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. އެނގިފައިވާ ގޮތުގައި ބޯޓުގައި ރޯވި އަލިފާންގަނޑު ނިއްވާލާފައި ވަނީ ފަޅުވެރިންގެ މަސައްކަތުންނެވެ. ހާދިސާގެ ސަބަބުން ތިމާވެއްޓަށް ގެއްލުންވެފައިވާ ކަމަށް މިހާތަނަށް ރިޕޯޓުކޮށްފައެއް ނުވެއެވެ.
އެ ޓޭންކަރު މިހާރު ވަނީ ބަޙްރައިންގެ ޚަލީފާ ބިން ސަލްމާން ބަނދަރަށް ގެންގޮސްފައެވެ. އެ ހާދިސާގައި އުޅަނދަށް ލިބިފައިވާ ގެެއްލުން މިހާރު ދަނީ ވަޒަންކުރަމުންނެވެ. ހާދިސާ މެދުވެރިވި ގޮތް ދެނެގަތުމަށް ތަހުގީގެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ހިނގަމުންދާ ނޮވެމްބަރު މަހުގެ ތެރޭގައި ވެސް މިހާތަނަށް ކަނޑުމަތީގައި މި ފަދަ ގިނަ ހާދިސާތައް ހިނގާފައިވެއެވެ. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން އީރާނުން ހުރްމުޒް ކަނޑުއޮޅި ބޭނުންކުރުމަށް ހުރަސް އަޅަމުންދާއިރު، ފަހުގެ ހަމަލާތައް އެ ސަރަހައްދުގެ ބޭރުން ވެސް ދެމުންދާ ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެއެވެ.
ގަލްފުގައި ތެޔޮ ބޯޓަކަށް ހަމަލާއެއް، އެކަކު މަރުވި
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed