އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ ޗޯރީ ބާޒާރު ސަރަހައްދުގައި ހަދަމުންދިޔަ ތިން ބުރީގެ އިމާރާތެއް ވެއްޓި ދެ މީހަކު މަރުވި ހިތާމަވެރި ހާދިސާއާ ގުޅިގެން، އެ މަސައްކަތާ ހަވާލުވެތިބި ތިން ކޮންޓްރެކްޓަރަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި ހާދިސާގައި މަރުވެފައިވަނީ އެ ތަނުގައި މަސައްކަތްކުރަމުންދިޔަ ކިޝޯރީ (40 އަހަރު) އަދި ސަންޖީތު (45 އަހަރު) އެވެ.
މީގެއިތުރުން، ވެއްޓުނު އިމާރާތުގެ ކޮންކްރީޓް ބައިތަކުގެ ދަށުން ސަލާމަތްކުރެވުނު އިތުރު ދެ މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ކަމާބެހޭ އިދާރާތަކުން ވަނީ ބުނެފައެވެ.
ހަރިޔާނާގެ އަވަށަކުން ހައްޔަރުކުރި މި ތިން ކޮންޓްރެކްޓަރުންގެ މައްޗަށް ފުލުހުން ކުރަނީ ގަސްދަކާ ނުލައި މީހަކު މެރުމުގެ ތުހުމަތެވެ.
ކަމާބެހޭ އިދާރާތަކުން މައުލޫމާތު ދޭ ގޮތުގައި، މި އިމާރާތަކީ ކަމާގުޅޭ އެއްވެސް ހުއްދައެއް ނުނަގައި، ފެންވަރު ދަށް ތަކެތި ބޭނުންކޮށްގެން ގަވާއިދާ ހިލާފަށް ބިނާކުރަމުންދިޔަ ތަނެކެވެ.
މި ހާދިސާއާ ގުޅިގެން އެ ސަރަހައްދު ސާފުކުރުމާއި އިތުރު ބަޔަކު ތާށިވެފައިވޭތޯ ބެލުމުގެ މަސައްކަތް ދިއްލީ ފުލުހުންނާއި މީހުން ސަލާމަތްކުރާ ޓީމުތަކުން އަދިވެސް ދަނީ ކުރަމުންނެވެ.
ދިއްލީގައި ހަދަމުންދިޔަ އިމާރާތެއް ވެއްޓުން: 3 މީހުން ހައްޔަރުކޮށްފި
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed