ހުޅުމާލެ ލަކުޑި ޖެޓީ މަރާމާތުކޮށް ނިންމުމަށް ފަހުގައި އާންމުންނަށް ހުޅުވާލައިފިއެވެ.

ހުޅުމާލޭ ލަކުޑި ޖެޓީއަށް ގެއްލުން ލިބުނީ ހުޅުމާލެ ފަޅުތެރެއަށް ވަތް ބާޖެއް ޖެހުމުގެ ސަބަބުންނެވެ. މި ޖެޓީ މަރާމާތުކުރުމުގެ މަސައްކަތް ފެށީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގައެވެ.

ބާޖު ޖެހުމުގެ ސަބަބުން ލަކުޑި ޖެޓީގެ ސްޓްރަކްޗަރއަށް ބޮޑެތި ގެއްލުންތަކާ ގުޅިގެން އެ ޖެޓީ ބޭނުންކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެ ޖެޓީ ބޭނުންކުރުން ވަގުތީގޮތުން ހުއްޓާލާފައިވެއެވެ.

މިއީ ވަރަށް ގިނަ ބަޔަކު ބޭނުންކުރާ ތަނެއްކަމުން، މަރާމާތުގެ މަސައްކަތް ވީހާވެސް އަވަހަށް ނިންމުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ވަނީ އިސްކަމެއްދެއްވާފައެވެ.