ލަންޑަންގެ އެކްސެލްގައި މިހާރު ކުރިއަށްދާ ވޯލްޑް ޓްރެވަލް މާކެޓުގައި ދިވެހިރާއްޖޭގެ 62 ކުންފުންޏަކުން 136 ފަރާތެއް ބައިވެރިވެއެވެ. މި ފެއަރގައި ދިވެހިރާއްޖެއިން ދަނީ، ޖުމުލަ 161 މަންދޫބުންގެ ވަފުދެއް ތަމްސީލުކުރަމުންނެވެ.

ވޯލްޑް ޓްރެވަލް މާކެޓަކީ، އަހަރުގެ ތެރޭގައި ބާއްވާ އެންމެ ބޮޑު 3 ފެއަރގެ ތެރެއިން ޔޫރަޕުގެ މާކެޓަށް ވާސިލުވުމުގެ އެންމެ ބޮޑު ފެއަރއެވެ.

މިއަހަރުގެ ފެއަރގައިވެސް ދިވެހިރާއްޖެއިން ރިސޯޓުތަކާއި އެއަރލައިންސް، ހޮޓެލްސް އަދި ޓުއަރ އޮޕަރޭޓަރުންނާއި، ފަތުރުވެރިކަމުގެ ސިނާޢަތާ ގުޅުންހުރި އެތައް ވިޔަފާރިތަކެއް ހިމެނެއެވެ. މިއީ މި ވިޔަފާރީގެ އެކި މަސައްކަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކާއެކު އެއްތަނަކުން ބައްދަލުވެ، ގުޅުންތައް ދެމެހެއްޓުމާއި ވިޔަފާރީގެ އައު މަގުތައް ހޯދުމަށް ފަހިވާ ވަރަށް މުހިންމު ފުރުޞަތެއްގެ ގޮތުގައި ފެއަރގައި ބައިވެރިވާ ވިޔަފާރިތަކުން އަންނަނީ ފާހަގަކުރަމުންނެވެ.

އަދި މިހާރު އެކުގައި މަސައްކަތް ކުރަމުންދާ ޕާޓްނަރުންނާއި އެއްތަނަކުން ބައްދަލު ކުރުމާއި، ކުރިއަށް އޮންނަ އަހަރަށް ކަންކަން ރާވާ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ލިބޭ މުހިންމު ފުރުޞަތެއްކަން ފާހަގަކުރެއެވެ.

ޑަބްލިއުޓީއެމް: އައު ގުޅުންތައް ހޯދާ ވިޔަފާރިތައް ކުރިއަރުވަން ބޮޑު ފުރުސަތެއް
ޑަބްލިއުޓީއެމް: އައު ގުޅުންތައް ހޯދާ ވިޔަފާރިތައް ކުރިއަރުވަން ބޮޑު ފުރުސަތެއް

ވޯލްޑް ޓެރެވަލް މާކެޓްގައި ބައިވެރިވާ ދިވެހި ކުންފުނިތައް. ފޮޓޯ:ވިސިޓް މޯލްޑިވްސް

މިއީ، ވަކިވަކި ވިޔަފާރިތައް ޕްރޮމޯޓްކުރުމުގެ އިތުރަށް މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ މަޤުބޫލުކަން އިތުރު ކުރުމަށްވެސް ވަރަށް ބޮޑު ރޯލެއް އަދާކުރާ ހަރަކާތެއްކަން، ފެއަރގައި ބައިވެރިވާ ބައެއް ވިޔަފާރިތަކުން ޕީއެސްއެމްއާ ވަހާކަ ދައްކަމުން ފާހަގަކޮށްފައިވެއެވެ.

"އެންމެ ބޮޑު އެއް ފައިދާއަކީ، އައު ވިޔަފާރިތަކާ އެބަ ބައްދަލުވޭ. ގުޅިގެން މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ފާޅުކުރޭ. އެކުގައި މަސައްކަތްކުރާނެ އިތުރު ވިޔަފާރިތައް ލިބޭ." ފެއަރގައި ބައިވެރިވާ ވިޔަފާރިތަކުން ފާހަގަކުރެއެވެ.

ޑަބްލިއުޓީއެމް: އައު ގުޅުންތައް ހޯދާ ވިޔަފާރިތައް ކުރިއަރުވަން ބޮޑު ފުރުސަތެއް
ޑަބްލިއުޓީއެމް: އައު ގުޅުންތައް ހޯދާ ވިޔަފާރިތައް ކުރިއަރުވަން ބޮޑު ފުރުސަތެއް

ވޯލްޑް ޓެރެވަލް މާކެޓްގައި ބައިވެރިވާ ދިވެހި ކުންފުނިތައް. ފޮޓޯ:ވިސިޓް މޯލްޑިވްސް

މީގެއިތުރުން ތަފާތު މާކެޓުތަކުގައި މަސައްކަތް ކުރާ މީހުންނާ ބައްދަލުވެ، ރާއްޖޭގެ ފަތުވެރިކަން އިތުރަށް ތަރައްޤީ ކުރުމުގައި ދާއިރާގެ ފަންނީ ތަޖުރީބާކާރުންގެ ގިނަ ޚިޔާލުތަކެއް ލިބޭކަންވެސް ވިޔަފާރިތަކުން ފާހަގަކުރިއެވެ.

އަދި ކުރިއަށް ހުރި އަހަރުތަކުގައި ކުރިއަށްގެންދާ މަސައްކަތްތަކާ ގުޅޭގޮތުން ޕާޓްނަރުންނާއެކު އިތުރަށް މަޝްވަރާ ކުރުމާއި، ފަތުރުވެރިން ގެންނަ ނިސްބަތް އިތުރު ކުރުމަށް ހިންގޭނެ ހަރަކާތްތަކާ ގުޅޭގޮތުންވެސް ފުޅާދާއިރާއެއްގައި މަޝްވަރާ ކުރެއެވެ.