ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން ހޯދާފައިވާ ބައެއް ވަޞީލަތްތަކަކީ ވެތުވެދިޔަ މަދު އަހަރުތަކެއްގެ ތެރޭގައި ލިބިފައިވާ ކަންކަންކަމަށް އެ ޔުނިވަރސީޓިގެ ވައިސްޗާންސެލަރ ޑރ. ޢަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

އިސްލާމީ ޔުނިވަރސިޓީގެ 2026 ވަނަ އހަަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވައިސް ޗާންސެލަރ ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެ ޔުނިވަރސިޓީއަށް ގިނަ ކަންކަން ކޮށްދެއްވާފައިވާކަން ފާހަގަކުރައްވާފައެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރު ވިދާޅުވީ އަދުގެ ސަރުކާރުން އިސްލާމީ ޔުނިވަރސިޓީއަށް ގިނަ އެހީތަކެއް ވަމުންގެންދާކަމަށެވެ. އެގޮތުން މިއިން ޒަމާނަކު ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން ކުރެވިފައި ނުވާ ކަންތައްތައް މިހާރު ވަމުންދާކަން ފާހަގަކުރައްވާ ޑރ. ޢަލީ ޒާހިރު ވިދާޅުވީ މިހާތަނަށް އަތޮޅުތެރޭގައި އެ ޔުނިވަރސިޓީގެ ކެމްޕަސްތައް ފެތުރިފައިވާކަމަށެވެ.

މިއީ ޔުނިވަރސިޓީގެ ހަޔާތުގައިވެސް މިހާތަނަށް ވެފައިވާ ކަމެއް ނޫންކަމަށާއި ޔުނިވަރސިޓީން ހޯދާފައިވާ ބައެއް ވަޞީލަތްތަކަކީ ވެތުވެދިޔަ މަދު އަހަރުތަކެއްގެ ތެރޭގައި ލިބިފައިވާ ކަންކަންކަމަށް ޑރ. ޢަލީ ޒާހިރު ވިދާޅުވިއެވެ. އަދި ވޭތުވެދިޔަ 3 އަހަރެއްގެ ތެރޭގައި ދަރިވަރުންގެ އާބާދީއަށް އައިސްފައިވާ ބަދަލަކީ ޔުނިވަރސިޓީގެ މެދުގައި ރައްޔިތުންގެ އިތުބާރު އުފެދިފައިވާކަމުގެ ޙަޤީޤީ މިސާލެއްކަމަށްވެސް ވިދާޅުވިއެވެ.

"ދިވެހިރައްޖޭގެ އިސްލާމީ ޔުނިވަރސިޓީއަކީ ރާއްޖޭގައި ފާހަގަކޮށްލެވޭ ތަޢުލީމީ މުއައްސަސާގެ ތެރެއިން މުއައްސަސާއެއް. މިތަންނުން ފޯރުކޯށްދޭ ތަޢުލީމަކީ ރައްޔިތުން ބަލައިގެންފައިވާ ކަމައް. ޔުނިވަރސިޓީން މަސައްކަތް ކުރަނީ ވަޞީލަތްތައް އިތުރުކޮށް ތަޢުލީމް ފުޅާކޮށް ރާއްޖެއަށްބޭނުންވާނޭ ހެޔޮ ދަރިންތަކެއް ބިނާކުރުމަށް" ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރު ވިދާޅުވިއެވެ.

އަދުގެ ސަރުކާރުން އިސްލާމީ ޔުނިވަރސިޓީއަށް ގިނަ އެހީތަކެއް ވަމުންދޭ: ޑރ. ޢަލީ ޒާހިރު
އަދުގެ ސަރުކާރުން އިސްލާމީ ޔުނިވަރސިޓީއަށް ގިނަ އެހީތަކެއް ވަމުންދޭ: ޑރ. ޢަލީ ޒާހިރު

އައިޔޫއެމްގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ:ޕީއެސްއެމް ނިއުސް

އެ ޔުނިވަރސިޓީން ދަސްވެނިވި ދަރިވަރުން އެކި ދާއިރާތަކުގައި ޚިދުމަތް ކުރަމުންދާކަމަށާއި ދަސްވެނިންގެ ކިބައިން ޤައުމަށް ވަނީ ކޮން ފައިދާއެއްކަން ބަލާ ދިރާސާކުރަންޖެހެކަމަށް ވިދާޅުވިއެވެ. އަދި ދަސްވެނިން ދަސްވެނިވެގެންދާއިރު އެކުދިންގެ ވިސްނުމުގައި ބަހައްޓަންޖެހޭ މުހިއްމު ކަންތައްތަކެއް ހުރިކަމަން ޑރ. ޢަލީ ޒާހިރު ވިދާޅުވިއެވެ.

އިސްލާމީ ޔުނިވަރސިޓީން ދަސްވެނިވެގެންދާ ކޮންމެ މީހަކީވެސް ޔުނިވަސިޓީގެ ވިޝަންއާއި މިޝަންއާއެއްގޮތަށް މާތްވެގެންވާ އިސްލާމް ދީންނަށް ހުރުމަތްތެރިކޮށް ހިތާ، ރާއްޖެ ދެކެ ލޯބިވާ، ރާއްޖޭގައި ހިފެހެއްޓިފައި ހުރި މިންގަނޑުތައް ދަންނަ ކުދިންނަށް ވާންޖެހޭނެކަމަށްޗެސް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރު ވިދާޅުވއިެވެ.