ޔުއެފާ ޗެމްޕިއަންސް ލީގުގައި ޖަރުމަނުގައި އާރުބީ ލައިޕްޒިގު އަތުން މޮޅުވެ, މެންޗެސްޓަރ ސިޓީ އަލުން މޮޅުވުމުގެ ރޭހަށް އަތުވެއްޖެއެވެ. ޕްރިމިއަރ ލީގުގައި ދެ މެޗުން ބަލިވުމަށްފަހު, ޗެމްޕިއަންސް ލީގުގައި ލައިޒިގު އަތުން މޮޅުވީ 3-2 ނެވެ.

މެޗުގައި މެންޗެސްޓަރ ސިޓީއަށް ފުރަތަމަ ކުރި ލިބުނީ ފުރަތަމަ ހާފްގައި ލުކޭބާ އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ. ދެވަނަ ހާފް ފަށައިގެން ހަތަރު ވަނަ މިނިޓްގައި ބަކޫ ލަނޑު ޖަހާ ލައިޕްޒިގް އަށް ނަތީޖާ ހަމަހަމަކޮށްދީފައި ވަނިކޮށް, ސިޓީން ދެވަނަ ފަހަރަށް ކުރި ހޯދީ އެންޒޯ ފެނާންޑޭޒްގެ ލަނޑުންނެވެ. ލައިޕްޒިގުން މެޗުގައި ދެވަނަ ފަހަރަށްވެސް ނަތީޖާ ހަމަހަމަ ކުރިއެވެ.

އެއީ ނުސާގެ ލަނޑުންނެވެ. ހާލަންޑް ސިޓީ މޮޅުކޮށްދިނީ 78 ވަނަ މިނިޓްގައެވެ. އެއީ އެލިއޮޓް އެންޑަރސަން ނަގައިދިން ހުރަހުންނެވެ. މިއީ 9 މެޗުން ހާލަންޑް ޖެހި 13 ވަނަ ގޯލެވެ.

މިމެޗުގެ ކުރިން ސިޓީ ވަނީ ޕްރިމިއަރ ލީގުގައި ބްރައިޓަން އަތުން އަދި އެސްޓަން ވިލާ އަތުންވެސް ބަލިވެފައެވެ. ލީގު ކަޕްގައި ބްރައިޓަން އަތުން މޮޅުވީ ޕެނަލްޓީ ޖަހައިގެންނެވެ.