ޓެނިސް ލެޖެންޑް ރަފޭލް ނަޑާލް ސްޕޭނުގެ ރެއާލް މެޑްރިޑްގެ އެކްސްކޯ އަށް އައްޔަން ކުރަން ނިންމައިފިއެވެ.
ޓެނިހުގައި މިހާތަނަށް ފެނިގެންދިޔަ އެންމެ މޮޅު އެއް ކުޅުންތެރިޔާ ވަނީ ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒްގެ ދައުވަތު ގަބޫލުކޮށް އެ ކުލަބުގެ އެކްސްކޯ މެމްބަރުކަން ގަބޫލު ކުރިކަން އާއްމުކޮށްފަ އެވެ.
ޖުމުލަ 22 ފަހަރު ގްރޭންޑް ސްލޭމް ކާމިޔާބު ކޮށްފައިވާ ކުޅުންތެރިޔާ ރެއާލްގެ އެކްސްކޯ އަށް އައްޔަން ކުރަން އެ ކުލަބުން ވޯޓަށް އަހާނީ މި މަމަހުގެ 21 ވަނަ ދުވަހު ބާއްވާ އާއްމު ޖަލްސާގައެވެ. ޒަމާނުއްސުރެ ރެއާލްގެ ސަޕޯޓަރެއްގެ ގޮތުގައި ހުރި ނަޑާލް އަކީ މިހާރު ވެސް އެކުލަބުގެ އޮނަރަރީ މެމްބަރެކެވެ.
ރެއާލް މެޑްރިޑުން މިކަމާ ބެހޭ ގޮތުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ނަޑާލް އެކުލަބުގެ އެކްސްކޯ އަށް އައުމަކީ ވަރަށް ބޮޑު ޝަރަފެއް ކަމަށާއި އޭނާ އަކީ މުޅި ދުނިޔޭގައި ވެސް މަޝްހޫރު ނަން ހިނގާ ފަރާތެއް ކަމަށެވެ. އަދި އޭނާގެ ކާމިޔާބީއަށްވުރެ އޭނާގެ ނަމުގެ މަގުބޫލުކަން ބޮޑު ކަމަށް ވެސް އެކުލަބުން ބުނެފައިވެ އެވެ. އިތުރަށް ބުނެފައިވަނީ ދެ ފަހަރު އޮލިމްޕިކް ރަންމެޑަލް ހޯދާފައިވާ ކުޅުންތެރިޔާ އެކްސްކޯ އަށް އައުމަކީ ރެއާލް މެޑްރިޑަށް އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން ފައިދާކުރާނެ ކަމެއް ކަމަށެވެ.
"އަހަރެން ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް އާއި ކުލަބުގެ ބޯޑުގެ އެންމެހާ މެމްބަރުންނަށް ޝުކުރު އަދާކުރަން މި ފުރުސަތު ދިނީތީވެ. އަހަރެންވާނީ މި ހުށަހެޅުން ގަބޫލު ކޮށްފައި. މިއީ ދަސްކޮށް އުނގެނި އަދި ކުރިއަށްދާން ލިބުނު އަދި ކުލަބަށް އެހީތެރިވާން ވެސް ލިބުނު ވަރަށް ރަނގަޅު ފުރުސަތެއް،" ނަޑާލް ބުނެފައިވެ އެވެ.
ރެއާލްގެ ރައީސް ވަނީ މި އަހަރުގެ މެދުތެރޭގައި އިތުރު ހަތަރު އަހަރުގެ ދައުރަށް އިންތިޚާބުވެފަ އެވެ. އެއީ ދައުރުގެ މެދުތެރެއިން އައު އިންތިޚާބެއް ބާއްވައިގެންނެވެ. އުމުރުން 79 އަހަރުގެ ޕެރޭޒް ރެއާލްގެ ރައީސްކަމުގައި ފާއިތުވެދިޔަ 20 އަހަރު ހޭދަކުރިއިރު މި ފަހަރު ނޫނީ އޭނާއާ ވާދަކުރާނެ މީހަކު ނުވި އެވެ.
ރެއާލްގެ އެކްސްކޯއަށް ނަޑާލް
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed