ވ. އަތޮޅުގައި ކަނޑުއަޑީގެ ހޮހަޅައަކަށް ގެއްލުނު އިޓަލީވިލާތުގެ ފަތުރުވެރިންތަކެއް ސަލާމަތްކުރުމުގެ އޮޕަރޭޝަނުގައި އުޅެނިކޮށް ނިޔާވި އެމްއެންޑީއެފްގެ ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީގެ ޚިދުމަތާއި އާދަޔާޚިލާފު ހިތްވަރުގެ އަގުވަޒަންކޮށް، އިޓަލީ ސަރުކާރުން ދޭ ހިތްވަރުގަދަކަމުގެ އެންމެ މަތީ ޝަރަފު އޭނާގެ ހަނދާނަށް އަރުއްވައިފިއެވެ.

މި ޝަރަފު މަހުދީއަށް އެރުއްވީ ދިވެހިރާއްޖެއާއި އިޓަލީވިލާތާ ދެމެދު އޮތް ޚާރިޖީ ގުޅުމަށް 60 އަހަރު ފުރުމާއި، އެ ގައުމުގެ 80ވަނަ ގައުމީ ދުވަސް ފާހަގަކުރުމަށް ހޮޓެލް ބާސެލޯ ނަސަންދުރާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައެވެ.

އިޓަލީ ސަރުކާރުންދޭ ހިތްވަރުގަދަކަމުގެ އެންމެ މަތީ ޝަރަފު މަރުޙޫމް މުޙައްމަދު މަހުދީއަށް
އިޓަލީ ސަރުކާރުންދޭ ހިތްވަރުގަދަކަމުގެ އެންމެ މަތީ ޝަރަފު މަރުޙޫމް މުޙައްމަދު މަހުދީއަށް
އެމްއެންޑީއެފްގެ ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީގެ ހިދުމަތާއި އާދަޔާހިލާފު ހިތްވަރުގެ އަގުވަޒަންކޮށް، އިޓަލީ ސަރުކާރުން ދޭ ހިތްވަރުގަދަކަމުގެ އެންމެ މަތީ ޝަރަފު އޭނާގެ ހަނދާނަށް އެރުއްވުން/ ފޮޓޯ ޕީއެސްއެމް ނިއުސް

މަހުދީގެ ހަނދާނަށް އަރުވާފައިވަނީ އާދަޔާޚިލާފު ހިތްވަރުގަދަކަމުގެ އަގުވަޒަންކުރުމަށް އިޓަލީވިލާތުގެ ސަރުކާރުން ދޭ އެންމެ މަތީ ޝަރަފު ކަމަށްވާ "ގޯލްޑް މެޑަލް ފޯ ސިވިލް ވެލާ" އެވެ. މި ރަސްމިއްޔާތުގައި މަހުދީގެ ހަނދާނަށް މި އެވޯޑު އަރުވާފައިވަނީ އިޓަލީވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑެމިއާނޯ ފްރެޑްރިޗް އަދި އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ސަޢީދު ވަނީ މި އަހަރުގެ މެއި މަހު ވ. އަތޮޅުގައި ހިނގި ހާދިސާގައި އިޓަލީވިލާތުގެ 5 ރައްޔިތަކާއި، އެ މީހުން ހޯދުމުގެ އޮޕަރޭޝަންގައި ބައިވެރިވި އެމްއެންޑީއެފްގެ ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީ ނިޔާވި ހިތާމަވެރި ހާދިސާ ހަނދާންކުރައްވައި، އެ އާއިލާތަކަށް ތަޢުޒިޔާ ވިދާޅުވެފައެވެ. އަދި އެ ހިތާމަވެރި ދަނޑިވަޅުގައި އިޓަލީވިލާތުގެ ސަރުކާރާއި ރައްޔިތުން ދެއްކެވި އެއްބައިވަންތަކަމާއި ހަމްދަރުދީއަށްޓަކައި ދިވެހި ސަރުކާރުގެ ނަމުގައި ވަޒީރު ޝުކުރު އަދާކުރެއްވިއެވެ.

އިޓަލީ ސަރުކާރުންދޭ ހިތްވަރުގަދަކަމުގެ އެންމެ މަތީ ޝަރަފު މަރުޙޫމް މުޙައްމަދު މަހުދީއަށް
އިޓަލީ ސަރުކާރުންދޭ ހިތްވަރުގަދަކަމުގެ އެންމެ މަތީ ޝަރަފު މަރުޙޫމް މުޙައްމަދު މަހުދީއަށް

މި ޝަރަފު މަހުދީއަށް އަރުއްވާފައިވަނީ އިޓަލީގެ ޑައިވަރުން ސަލާމަތްކުރުމަށް ހިންގި އޮޕަރޭޝަންގައި އޭނާ ދެއްކެވި އާދަޔާޚިލާފު ހިތްވަރާއި އިންސާނިއްޔަތަށްޓަކައި ކުރެއްވި އަގުހުރި މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ. މީގެ އިތުރުން ކޮލަމްބޯގައި ހުންނަ އިޓަލީގެ އެމްބަސީއާއި މާލޭގައި ހުންނަ އެ ގައުމުގެ އޮނަރަރީ ކޮންސިއުލާ އެޖެންސީ ގުޅިގެން ވަނީ މަހުދީގެ އާއިލާއަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްސަ ފަންޑްރެއިޒިންގ ހަރަކާތެއްވެސް ފަށާފައެވެ.

އިޓަލީ ސަރުކާރުންދޭ ހިތްވަރުގަދަކަމުގެ އެންމެ މަތީ ޝަރަފު މަރުޙޫމް މުޙައްމަދު މަހުދީއަށް
އިޓަލީ ސަރުކާރުންދޭ ހިތްވަރުގަދަކަމުގެ އެންމެ މަތީ ޝަރަފު މަރުޙޫމް މުޙައްމަދު މަހުދީއަށް
އިޓަލީވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑެމިއާނޯ ފްރެޑްރިޗް/ ފޮޓޯ ޕީއެސްއެމް ނިއުސް

ދިވެހިރާއްޖެއާއި އިޓަލީވިލާތާ ދެމެދު އޮތް ޚާރިޖީ ގުޅުމަށް 60 އަހަރު ފުރުމާއި، އެ ގައުމުގެ 80ވަނަ ގައުމީ ދުވަސް ފާހަގަކުރުމަށް ބޭއްވި މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިޓަލީގެ ސަފީރު ޑެމިއާނޯ ވިދާޅުވީ، މިއީ އެ ގައުމުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގައި މިފަދަ ހަރަކާތެއް ބޭއްވި ފުރަތަމަ ފަހަރު ކަމަށެވެ.

"އަޅުގަނޑު އެމްބެސަޑަރަކަށް ހުރިއިރު ރާއްޖޭގައި ފުރަތަމަ ފަހަރަށް މިފަދަ ހަރަކާތެއް ބޭއްވިގެންމިދަނީ. އުންމީދުކުރަނީ ކުރިއަށްއޮތްތަނުގައިވެސް މިފަދަ ހަރަކާތްތައް ރާއްޖޭގައި ބޭއްވި ދެގައުމުގެ ގުޅުން ބަދަހިވެގެންދާނެ ކަމަށް،" ސަފިރު ޑެމިއާނޯ ވިދާޅުވިއެވެ.

އިޓަލީ ސަރުކާރުންދޭ ހިތްވަރުގަދަކަމުގެ އެންމެ މަތީ ޝަރަފު މަރުޙޫމް މުޙައްމަދު މަހުދީއަށް
އިޓަލީ ސަރުކާރުންދޭ ހިތްވަރުގަދަކަމުގެ އެންމެ މަތީ ޝަރަފު މަރުޙޫމް މުޙައްމަދު މަހުދީއަށް

ދިވެހިރާއްޖެއާއި އިޓަލީވިލާތާ ދެމެދު އޮތް ޚާރިޖީ ގުޅުމަށް 60 އަހަރު ފުރުމާއި، އެ ގައުމުގެ 80ވަނަ ގައުމީ ދުވަސް ފާހަގަކުރުމަށް ހޮޓެލް ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން/ ފޮޓޯ ޕީއެސްއެމް ނިއުސް

އިޓަލީވިލާތާ ރާއްޖެއާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކޮށްފައިވަނީ 1966ވަނަ އަހަރުއެވެ. މި ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ސަރުކާރުންވެސް ދަނީ މަސައްކަތްކުރަމުންނެވެ.

އިޓަލީ ސަރުކާރުންދޭ ހިތްވަރުގަދަކަމުގެ އެންމެ މަތީ ޝަރަފު މަރުޙޫމް މުޙައްމަދު މަހުދީއަށް
އިޓަލީ ސަރުކާރުންދޭ ހިތްވަރުގަދަކަމުގެ އެންމެ މަތީ ޝަރަފު މަރުޙޫމް މުޙައްމަދު މަހުދީއަށް