ޔަހޫދީ ޒަޔަނިސްޓުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން، ޣައްޒާގައި ކުނި އުކާލުމުގެ ނިޒާމު ހުއްޓި، އާންމު ސިއްހަތަށް ބޮޑެތި ނުރައްކާތަކަކާ ކުރިމަތިލާންޖެހިފައިވާ ކަމަށް އދ. އިން އިންޒާރުދީފިއެވެ.
އދގެ ތަރުޖަމާނު ސްޓެފަން ޑުޖަރިކް ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ކުނި އުކާލުމުގެ ހިދުމަތްދޭ އުޅަނދުތަކުގެ ތެރެއިން މިހާރު ބޭނުންކުރެވެނީ އެންމެ ތިންބައިކުޅަ އެއްބައި އުޅަނދު ކަމަށެވެ.
މިކަން މިގޮތަށް ދިމާވީ އެ އުޅަނދުތައް މަރާމާތުކޮށް ހިންގުމަށް ބޭނުންވާ އިންޖީނު ތެލާއި ސްޕެއަރޕާޓްސް އެތެރެކުރުމަށް ޔަހޫދީން މެދުނުކެނޑި ހުރަސްއަޅަމުންދާތީ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މި ދަތިތަކާ ހެދި މަގުތަކުގައި ކުނި ފުނިޖެހި، ނުރައްކާތެރި ބަލިމަޑުކަމެއް ފެތުރުމުގެ ބިރު ވަނީ ބޮޑުވެފައެވެ.
އޮކްޓޯބަރު 2023 އިން ފެށިގެން އެމެރިކާގެ އެހީތެރިކަމާއެކު ޔަހޫދީން އައްޒާއަށް ދެމުންދާ ލާއިންސާނީ ހަމަލާތަކުގައި މިހާތަނަށް 74،000 އަށްވުރެގިނަ ފަލަސްތީނުގެ ރައްޔިތުން ޝަހީދުވެ، 175,000 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ. އަދި އައިޒާގެ އަސާސީ، އުމްރާނީ ވަސީލަތްތަކުގެ 90 އިންސައްތަ ވަނީ ބިމާ ހަމަކޮށްފައެވެ.
ހަނގުރާމަ ހުއްޓާލުމަށް ވެފައިވާ އެއްބަސްވުންތަކަށް ބެލުމެއްނެތި، ޔަހޫދީ ސިފައިން ދަނީ ފަލަސްޠީނުގެ އިމާރާތްތަކަށް ބަޑިޖަހައި، ގެދޮރު ސުންނާފަތިކުރުން އިތުރުކުރަމުންނެވެ. މި ނާޒުކު ދަނޑިވަޅުގައި، ދަތިކުރުމުގެ އުސޫލުތައް ދޫކޮށްލައި، އިންސާނީ އެހީ އަވަހަށް ފޯރުކޮށްދިނުމަށްޓަކައި ޣައްޒާއަށް ވަދެވެން ހުރި އިތުރު މަގުތަކާއި ބޯޑަރުތައް ވަގުތުން ހުޅުވާލުމަށް އދ. އިން ވަނީ އިލްތިމާސްކޮށްފައެވެ.
ޢައްޒާގައި ކުނި ނައްތާލުމަށް ޔަހޫދީން ހުރަސްއަޅަނީ
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed