ބުރާސްފަތި ދުވަހު ފަށާ ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރާ ރާއްޖޭގެ ސީނިއަރ ޤައުމީ ޓީމު ބަންގްލަދޭޝަށް ފުރައިފިއެވެ.

ނޮވެމްބަރު 17ގެ ނިޔަލަށް ކުރިއަށްދާ މުބާރާތަށް ޑާކާ އަށް ދިޔަ ފަހު ޤައުމަކީ ދިވެހިރާއްޖެއެވެ.

މުބާރާތަށް ރާއްޖެއިން 23 ކުޅުންތެރިންގެ ސްކޮޑެއް ބަންގްލްދޭޝްއަށް ފުރިއިރު ޓީމުގައި އެންމެ ގިނައީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ކުޅުންތެރިންނެވެ.

ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރާ ރާއްޖޭގެ ޓީމު ފުރައިފި
ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރާ ރާއްޖޭގެ ޓީމު ފުރައިފި

ޤައުމީ ޓީމު ބަންގްލަދޭޝްއަށް ފުރުން. ފޮޓޯ: ޕީއެސްއެމް ނިއުސް

މުބާރާތަށް ތައްޔާރުވުމަށް 24 ކުޅުންތެރިންގެ ސްކޮޑަކާއިއެކު ރާއްޖެއިން އިންޑޮނީޝިއާގައި ކޭމްޕުކުރިއިރު، މި ކޭމްޕަށް ދިޔަ ކުޅުންތެރިންގެ ތެރެއިން ސާފްގެ ސްކޮޑުން ފުރުސަތު ގެއްލުނީ ޠާއިފް ޤާސިމަށެވެ.

ރާއްޖެއިން ބަންގްލަދޭޝަށް ފުރާފައިވާއިރު ފުރަތަމަ މެޗުގައި ރާއްޖެއިން މިމަހުގެ 8ވަނަ ދުވަހު ނުކުންނާނީ ޕާކިސްތާނާ ދެކޮޅަށެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އިންޑިއާއާ ދެކޮޅަށް ނުކުންނާނީ މި މަހުގެ 11 ވަނަ ދުވަހުއެވެ.

މުބާރާތް ހުޅުވާ މެޗުގައި މާދަމާ ބައްދަލު ކުރާނީ ބަނގްލަދޭޝް އާއި ބޫޓާނެވެ. މިއަށްފަހު މާދަމާގެ ފަހު މެޗުގައި ކުޅޭނީ އިންޑިޔާ އާއި ޕާކިސްތާނެވެ.

ނޭޕާލް ސަސްޕެންޑް ކޮށްފައި އޮތުމުން ސާކުގެ ހަ ގައުމު ވާދަކުރާ މުބާރާތް ރާވާފައިވަނީ ގްރޫޕް ސްޓޭޖުގެ މެޗުތައް ނިމޭއިރު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ސެމީ ފައިނަލަށް ހޮވޭ ގޮތަށެވެ. އަދި މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކުން ފެށިގެން ވީއޭއާރު ސިސްޓަމް ބޭނުން ކުރާ ގޮތަށް ވެސް ވަނީ ހަމަޖައްސާފައެވެ. މިއީ ސާފް ޗެމްޕިއަންޝިޕުގެ ތާރީހުގައި ވީއޭއާރު ބޭނުންކުރާ ފުރަތަމަ ފަހަރެވެ.