ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއިން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބީއެމްއެލް ޕޭމަންޓް ގޭޓްވޭގެ ޚިދުމަތަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިއާއެކު ބައިނަލްއަޤުވާމީ ބާޒާރުގައި މުދަލާއި ޚިދުމަތް ވިއްކާ ދިވެހި އުފެއްދުންތެރިންނާއި، ކުދި ވިޔަފާރިތަކަށް ދުނިޔޭގެ ކޮންމެ ގައުމެއްގެ ކޮންމެ ތަނަކުންވެސް ޑޮލަރުން ފައިސާ ބަލައިގަނެވޭނެ އިންތިޒާމު ހަމަޖެހޭނެކަމަށް އެ ބޭންކުން ވަނީ ވިދާޅުވެފައެވެ.
މިގޮތަށް ލިބޭ ޑޮލަރު ޖަމާކޮށްދޭ އެކައުންޓަށް ދޫކުރެވޭ ޔޫއެސްޑީ ޑެބިޓް ކާޑު ބޭނުން ކޮށްގެން އެކި ބާވަތުގެ ސަބްސްކްރިޕްޝަންތަކަށާއި، ބައިނަލްއަޤުވާމީ އެހެނިހެން މުއާމަލާތްތަކަށް އެއްވެސް ދަތިކަމެއް ނެތި ފައިސާ ދެއްކޭނެކަމަށް އެ ބޭންކުން ވިދާޅުވެއެވެ.
މި ޚިދުމަތަށް އެދި ހުށަހެޅުމުގެ ފުރުސަތު ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީ ޕޯޓަލް މެދުވެރިކޮށް ހުޅުވާލާނެއެވެ. ބީސީސީ މެދުވެރިކޮށް ރިފަރަލް ލިބުމުން ބޭންކުން އެ ވިޔަފާރިއަކާ ގުޅައި، ބޭނުންވާ ލިޔެކިޔުންތައް ހޯދުމާއި، ރަޖިސްޓްރީ ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދާނެއެވެ. މި މަސައްކަތްތައް ނިމުމުން ކަސްޓަމަރުންގެ އެކައުންޓާއި ޕޭމަންޓްގޭޓްވޭ ލިންކް ކޮށްދެވޭނެކަމަށް ބީއެމްއެލްއިން މައުލޫމާތުދެއްވައެވެ.
މިއީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް އަދި ބީސީސީއާ ގުޅިގެން ކުރިއަށްގެންދާ މަސައްކަތެކެވެ. މި ޚިދުމަތުގެ މައިގަނޑު މަޤުސަދަކީ ބައިނަލްއަގުވާމީ މާކެޓުތަކަށް މުދަލާއި ޚިދުމަތް ދޭ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް، ބޭރުގެ ކަސްޓަމަރުންގެ ފަރާތުން ބޭރުފައިސާ ލިބޭނެ މަގުފަހިކޮށްދިނުންކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ.
އެސްއެމްއީތަކަށް ބީއެމްއެލް ޕޭމަންޓް ގޭޓްވޭގެ ހިދުމަތަށް އެދުމުގެ ފުރުސަތު
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed