ސްކޭމް ކޮށްގެން މީހެއްގެ އެކައުންޓުން ފައިސާ ފޭރުނުކަމުގެ ތުހުމަތުގައި ހަތަރު ދިވެހިން ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، ހުސްވި އޮކްޓޫބަރު މަހުގެ 24 ވަނަ ދުވަހު ކާކުކަން ނޭނގޭ ފަރާތަކުން، މީހަކަށް ގުޅައިގެން އޯޓީޕީ ކޯޑު ހޯދައި، އެ ކޯޑު ބޭނުން ކޮށްގެން ބެންކު އެކްސެސް ހޯދައި، މީހެއްގެ އެކައުންޓުން 63,000 ރުފިޔާއާއި، 21,000 ޑޮލަރު މަކަރާއި ހީލަތުން ފޭރުނު މައްސަލަ އެ ޚިދުމަތަށް ހުށަހަޅާފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ، ޏ. ފުވައްމުލައް / ދޫޑިގަން. ގޯލްޑަންގޭޓް، އިބްރާހީމް ޝާރިފް (34އ)އާއި، ފ. ފީއަލި / މަތަރެސްމާގެ، ޖިނާޙު އަޙްމަދު (29އ)އާއި، ފ. ނިލަންދޫ / ނަޒުމު، އިބްރާހީމް މުޢާޒު (38އ) އަދި ލ. ގަން / މަތިމަރަދޫ. ލިލީނައިޓް، ޢަލީ ދާއިން (21އ) އެވެ. މި މީހުންގެ ތެރެއިން ތިން މީހުން ހައްޔަރުކޮށްފައިވަނީ، އޮކްޓޫބަރު މަހުގެ 28 ވަނަ ދުވަހުއެވެ. އަނެއް މީހާ ހައްޔަރުކޮށްފައިވަނީ، އޮކްޓޫބަރު މަހުގެ 29 ވަނަ ދުވަހުއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޖިނާހު އަޙްމަދު 10 ދުވަހަށް އަދި ދެން ތިބި ތިން މީހުންވެސް 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. މި މައްސަލަ ފުލުހުން ގެންދަނީ، ތަހުގީގުކުރަމުންނެވެ.
ސްކޭމް ކޮށްގެން ފައިސާ ފޭރުނު 4 ދިވެހިން ހައްޔަރުކޮށްފި
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed