އެމެރިކާގައި ހަލުއިކަމާއެކު ހިމަބިހި ފެތުރެމުންދާތީ، އެ ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު 4،852 އަށް އަރައިފައިވާ ކަމަށް އެ ޤައުމުގެ ސެންޓާސް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ބުނެފިއެވެ.
މި މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް އެއްކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިއީ އޭގެ ކުރީގެ ރިޕޯޓުތަކާ އަޅާބަލާއިރު 264 ކޭހުގެ އިތުރުވުމެކެވެ. މި އަހަރު ރިޕޯޓުކުރެވުނު ކޭސްތަކުގެ ތެރެއިން 511 މީހަކަށް ހަސްފަތާލުގައި އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހިފައިވާއިރު، މިއީ ބަލިޖެހުނު ޖުމްލަ މީހުންގެ 11 އިންސައްތައެވެ.
އުމުރުފުރާތަކަށް ބަލާއިރު، މި ބަލީގެ އަސަރު އެންމެ ބޮޑަށް ފޯރާފައިވަނީ ކުޑަކުދިންނާއި ޒުވާނުންނަށެވެ. އެގޮތުން އުމުރުން 5 އަހަރާއި 19 އަހަރާ ދެމެދުގެ 2،010 މީހަކަށާއި، 20 އަހަރުން މަތީގެ 1،996 މީހަކަށް މި ބަލި ޖެހިފައިވެއެވެ. އަދި އުމުރުން 5 އަހަރުން ދަށުގެ 812 ކުޑަކުއްޖަކަށް މި ބަލި ޖެހިގެން ވަނީ ރިޕޯޓުކޮށްފައެވެ.
ސީޑީސީން ބުނި ގޮތުގައި، ބަލިޖެހުނު މީހުންގެ 96 އިންސައްތައަކީ ވެކްސިން ފުރިހަމަނުކުރާ ނުވަތަ ވެކްސިން ޖަހާފައިވާކަން ޔަޤީންނުވާ މީހުންނެވެ. މިއީ 2025 ވަނަ އަހަރު ރިކޯޑުކުރެވުނު 93 އިންސައްތައާ އަޅާބަލާއިރު އިތުރު އަދަދެކެވެ.
މި ބަލިމަޑުކަމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ އެއް ސަރަޙައްދަކީ ޕެންސިލްވޭނިއާ ސްޓޭޓެވެ. އެ ސްޓޭޓުން އެކަނިވެސް 1،426 ކޭސް ފެނިފައިވާއިރު، 268 މީހަކަށް ވަނީ ހަސްފަތާލުގައި ފަރުވާދީފައެވެ.
އެ ސްޓޭޓުގެ ސިއްޙީ އިދާރާއިން މަޢުލޫމާތު ދޭ ގޮތުގައި، މި ބަލީގައި 5 މީހަކު މަރުވެފައިވެއެވެ. ނަމަވެސް، ސީޑީސީން މުޅި އެމެރިކާއިން ރަސްމީކޮށް މިހާތަނަށް ކަށަވަރުކޮށްދީފައިވަނީ ހިމަބިހި ޖެހިގެން 3 މީހަކު މަރުވެފައިވާ ކަމަށެވެ.
އެމެރިކާގައި ހިމަބިހި ފެތުރި، ބަލި ޖެހުނު މީހުންގެ އަދަދު 5،000 ގާތަށް
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed