ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ފަރިތަކުރުންތައް ކުރިއަށް ގެންދިއުމަށްޓަކައި، މިއަދުން ފެށިގެން ނޮވެމްބަރު 2 ވަނަ ދުވަހުގެ ނިޔަލަށް ޖުމްހޫރީ މައިދާން ހިމެނޭ ސަރަހައްދުގެ ޓްރެފިކަށް ބަދަލުތަކެއް ގެނެސްފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ މިއަދު 15:30 އިން ފެށިގެން ފަރިތަކުރުންތައް ނިމެންދެން، ޖުމްހޫރީ މައިދާން ހިމެނޭ ސަރަހައްދުގެ މަގުތައް އާންމު ދަތުރުފަތުރަށް ބަންދުވާނެކަމަށެވެ. އަދި މިއަދު 15:00 އިން ފެށިގެން ފަރިތަކުރުންތައް ނިމެންދެން، އެ ސަރަހައްދުގެ ފަޅުތެރެ އާންމު ދަތުރުފަތުރަށް ބަންދުވާނެކަމަށްވެސް އެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.

ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ފަރިތަކުރުންތައް ކުރިއަށް ގެންދިއުމަށްޓަކައި ޖުމްހޫރީ މައިދާނުގެ ޓްރެފިކަށް ގެނެވުނު ބަދަލުގެ ސަބަބުން ދަތުރުފަތުރުކުރައްވާ ފަރާތްތަކަށާއި އާންމު ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި ފުލުހުން ވަނީ މައާފަށް އެދިފައެވެ. އަދި މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން އަބަދުވެސް ލިބެމުންދާ އެއްބާރުލުމަށް ވެސް ދިވެހި ފުލުހުންގެ އިދާރާއިން ޝުކުރު އަދާކުރެއްވިއެވެ.