ޔަހޫދީ ދައުލަތުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ވެރިކަން ނިމުމަކަށް ގެނައުމަށްޓަކައި، ޤާނޫނުހަދާ މަޖިލީހުގެ 61 ގޮނޑީގެ އަޣުލަބިއްޔަތު އިދިކޮޅު ފަރާތްތަކާ ގުޅިގެން ހޯދިދާނެ ކަމުގެ ފުރިހަމަ އުންމީދު އެބައޮތް ކަމަށް ޔުނައިޓެޑް ޢަރަބް ލިސްޓްގެ ވެރިޔާ މަންޞޫރު ޢައްބާސް ވިދާޅުވެއްޖެއެވެ.
ޔަހޫދީންގެ އާންމު އިންތިޚާބުގެ ވަގުތީ ނަތީޖާތައް ދައްކާ ގޮތުން، ޔަހޫދީ ދައުލަތުގެ ޤާނޫނުހަދާ މަޖިލީހުގެ ސާފު އަޣުލަބިއްޔަތު އެއްވެސް ފަރާތަކަށް އަދި ކަށަވަރު ކުރެވިފައެއް ނުވެއެވެ.
އަންދާޒާތަކުން ދައްކާ ގޮތުގައި، ގާދީ އައިޒެންކޮޓް އިސްކޮށް ހުރި އިދިކޮޅު ކޯލިޝަނަށް 52 ގޮނޑި އަދި ނަތަންޔާހޫގެ ފެކްޝަނަށް 50 ގޮނޑި ލިބޭނެ ކަމަށް ބެލެވޭއިރު، ޢަރަބި ޕާޓީތަކުން 18 ގޮނޑި ކާމިޔާބު ކުރާނެ ކަމަށް ލަފާކުރެވެއެވެ.
މި އިންތިޚާބުގައި އަރަބި ދަރިކޮޅުގެ މީހުންގެ 80 އިންސައްތަ މީހުން ވޯޓުލާން ނުކުމެފައިވާއިރު، މުޅި އިންތިޚާބުގައި ވޯޓުލީ މީހުންގެ ޖުމްލަ ނިސްބަތް ވަނީ 77.7 އިންސައްތައަށް އުފުލިފައެވެ.
މިއީ 1999 ވަނަ އަހަރަށްފަހު ޔަހޫދީންގެ ދައުލަތުގައި ވޯޓުލުމަށް މިހާ ގިނަ ޢަދަދެއްގެ ބަޔަކު ނުކުތް ފުރަތަމަ ފަހަރެވެ.
އިދިކޮޅު ބައެއް ލީޑަރުން ޢަރަބި ޕާޓީތަކާއެކު އިއްތިހާދުވުމާމެދު ދެކޮޅު ހެދި ނަމަވެސް، އިއްތިހާދެއް އެކުލަވާލުމުގެ ރަސްމީ މަޝްވަރާތައް ކުރިއަށް އޮތް ތަނުގައި ފެށިގެންދާނެކަމަށް ޢައްބާސް ވިދާޅުވިއެވެ.
ނަތަންޔާހޫގެ ވެރިކަން ނިންމަން އިދިކޮޅާ ގުޅެން ޢަރަބި ޕާޓީން ތައްޔާރު
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed