ސްޕެއިންގެ ފުޓުބޯޅަ ފެޑަރޭޝަނުން ބާސެލޯނާ 602 ޔޫރޯއިން ޖުރިމަނާކޮށްފިއެވެ.
ބާސެލޯނާ ޖުރިމަނާ ކޮށްފައިވަނީ ނިމިގެންދިޔަ ހޫނު މޫސުމުގައި އެތުލެޓިކޯ މެޑްރިޑްގެ އާޖެންޓީނާ ފޯވާޑް ހޫލިއަން އަލްވަރޭޒް ހޯދުމަށް ބާސެލޯނާއިން މަސައްކަތް ކޮށްފައިވަނީ ހެދިފައިވާ އުސޫލާއި އެއްގޮތަށް ނޫންކަމަށްބުނެ އެތުލެޓިކޯއިން މައްސަލަ ޖެއްސުމާއި ގުޅިގެންނެވެ.
އެތުލެޓިކޯ މެޑްރިޑުން އޭރު ބުނެފައިވަނީ ބާސެލޯނާއިން އަލްވަރޭޒާއި ވާހަކަ ދައްކަން ފަށާފައިވަނީ އެ ކުލަބުން ލިއުމުން ހުއްދަ ނުހޯދައި ކަމަށެވެ.
މި މައްސަލަ ސްޕެއިންގެ ފުޓުބޯޅަ ފެޑަރޭޝަނުގެ އިތުރުން ފީފާއަށްވެސް އެތުލެޓިކޯ މެޑްރިޑުން ވަނީ ހުށައަޅާފައެވެ. ނަމަވެސް ފީފާއިން ބުނެފައިވަނީ މިއީ އެ އިދާރާގެ އިހުތިސާސުގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށެވެ.
އުމުރުން 26 އަހަރުގެ އަލްވަރޭޒް ހޯދުމަށް ބާސެލޯނާއިން ތަކުރާރުކޮށް ބިޑު ހުށައެޅުމުންވެސް އެތުލެޓިކޯއިން ވަނީ އެއީ ވިއްކާ ކުޅުންތެރިއެއް ނޫން ކަމަށް ބުނެފައެވެ. އަދި އޭނާ އާއެކު އެ ކުލަބުން ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2030 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.
އަލްވަރޭޒް އޭރު ބުނެފައިވަނީ އޭނާ ބޭނުންވަނީ ބާސެލޯނާއަށް ބަދަލުވާން ކަމަށާއި އެއީ އެއީ އޭނާ ދެކެމުންދާ ހުވަފެނެއް ކަމަށެވެ.
އެތުލެޓިކޯ މެޑްރިޑްގެ ސަޕޯޓަރުން ވަނީ ސީޒަނުގެ ކުރީކޮޅު އަލްވަރޭޒަށް މަލާމާތްކޮށްފައެވެ. ނަމަވެސް ލީގުގައި ޑިޕޯޓިވޯ ލަކޮރޫނިއާ އަތުން އެތުލެޓިކޯ މޮޅުވި ލަނޑު ކާމިޔާބުކޮށްދިނުމާއިއެކު ސަޕޯޓަރުންގެ ފަރާތުން އޭނާއަށް ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.
ދާދި ފަހުން އަލްވަރޭޒް ވަނީ އެތުލެޓިކޯގެ ސަޕޯޓަރުންގެ ފަރާތުން މައާފަށް އެދިފައެވެ.
އަލްވަރޭޒް އެތުލެޓިކޯ މެޑްރިޑާއި ގުޅިފައިވަނީ 2024 ވަނަ އަހަރު 81.5 މިލިއަން ޕައުންޑުގެ ފީއަކަށް މެންޗެސްޓަރ ސިޓީންނެވެ. އޭނާ ވަނީ އެތުލެޓިކޯ މެޑްރިޑަށް ކުޅުނު 115 މެޗުން އެ ކުލަބަށް 51 ލަނޑު ޖަހައިދީފައެވެ.
ބާސެލޯނާ 602 ޔޫރޯއިން ޖުރިމަނާކޮށްފި
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed