ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ޤަރާރުތަކަށް ބަހުސްކުރުމުގެ ކުރިން ޤަރާރު ބަލައިގަންނަން ފާސްނުވެއްޖެނަމަ ޤަރާރު ބާތިލުވާގޮތަށް މަޖިލީހުގެ ޤަވާއިދު އިސްލާހުކޮށްފިއެވެ.
މިި ބަދަލުތައް ގެނެސް، ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގެ 272 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން، މަޖިލީހުގެ ޤަވާއިދުގެ 191 ވަނަ މާއްދާ އިޞްލާޙު ކުރުމަށް ހުށަހެޅުއްވީ، ތުޅާދޫ ދާއިރާގެ މެންބަރު ޢަބްދުލްޙަންނާން އަބޫބަކުރެވެ. މިއަދު މަޖިލީހުގައި ވަނީ އެ މައްސަލަ ޢާންމު ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް ބަޙުސްކޮށްފައެވެ.
މަޖިލީހުގެ ޤަވާއިދަށް އިސްލާހު ގެނެސްފައިވަނީ، 56 މެމްބަރުންގެ ވޯޓާއެކުގައެވެ. އިސްލާޙު ބަލައިގަންނަން ނުފެންނަކަމަށް 11 މެމްބަރުން ވޯޓު ދެއްވިއެވެ.
މީގެކުރިން ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގެ 191 ވަނަ މާއްދާގައި ބުނެފައިވަނީ، ޤަރާރެއް ހުށަހަޅައި އެ ޤަރާރު ބަލައިގަތުމުގެ ކުރިން މެމްބަރުންނަށް އެޤަރާރަށް ބަހުސްކުރަން ފުރުސަތު ލިބޭނެ ކަމަށެވެ. ޤަރާރު ބަލައިގަންނަން ވޯޓަށް އަހަނީ، ބަހުސްއަށް ފަހުގައެވެ.
ޓެކްސްގެ އަދަދު އެޕީލްކުރުމުގެ ކުރިން، އިއުތިރާޒު ކުރާ އަަދަދުގެ %100 ދައްކަންޖެހޭ ހާލަތު ކަނޑައެޅުމަށް ހުށަހަޅާފައިވާ އިސްލާޙުގެ ބިލު މަޖިލީހަށް ބަލައިގަތުމަށްވެސް މިއަދުވަނީ ފާސްކޮށްފައެވެ. ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު)އަށް އިޞްލާޙު ގެނައުމުގެ ބިލު ފާސްކުރީ، 54 މެމްބަރުންގެ ވޯޓާއެކުގައެވެ. އެ ބިލު ބަލައިގަންނަން ނުފެންނަ ކަމަށް މެމްބަރުން ވޯޓު ދެއްވިއެވެ.
މި ބިލުގައި ޓެކްސް ދައްކާ ފަރާތުން ޓެކްސް އެޕީލް ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅަނީ، އެ ޤާނޫނުގެ 39ވަނަ މާއްދާގެ ދަށުން މީރާއިން ކަަނޑައަޅާ ޓެކްސްގެ އަދަދާ ގުޅިގެންނަމަ، އެ މައްސަލަ އިސްތިޢުނާފު ކުރެވޭނީ އިސްތިޢުނާފު ކުރާ އަދަދުގެ %50 އާއެއްވަރުގެ އަދަދެއް ދައްކާ ނިންމުމަށް ފަހުގައެވެ. އަދި އިއުތިރާޒު ކުރާ އަދަދުގެ %100 ދައްކަންޖެހޭ ޙާލަތުތައް ބިލުގައި ތަފްސީލުކޮށްދީފައިވެއެވެ.
ބަހުސްކުރުމުގެ ކުރިން ޤަރާރު ބަލައިގަންނަން ވޯޓަށް އަހަން ފާސްކޮށްފި
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed