އިންޑޮނީޝިއާގެ ޔޮގްޔަކާޓާއަށް އައުމަށް ރާއްޖޭގެ ސީނިއަރ ޤައުމީ ފުޓުބޯޅަ ޓީމުން ފެށި ދިގު ދަތުރަށްފަހު، މި ދަތުރުގައި މަޑުކުރުމަށް ކަނޑައަޅާފައިވާ ހޮޓަލުގައި ކޭމްޕުކޮށްފިއެވެ.
ހަތް ދުވަހުގެ މި ދަތުރަށް ޤައުމީ ޓީމުން މާލެއިން ހުރިހާ ކުޅުންތެރިން އެއްކޮށް ބަހުގައި ދަތުރުފެށީ ހޯމަ ދުވަހުގެ ހެނދުނު 09:00ގައެވެ. އެއަށްފަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ސިންގަޕޫރަށް ޓީމު ފުރީ ރާއްޖެ ގަޑިން 12:55ގައެވެ.
ސިންގަޕޫރަކީ މި ދަތުރުގައި އިންޑޮނީޝިއާއަށް އައުމުގެ ކުރިން ރާއްޖޭގެ ޓީމު ޓްރާންސިޓްވި ޤައުމެވެ. މި ދަތުރަށް ފަސް ގަޑިއިރު ހޭދަވިއިރު އެ ޤައުމުގެ ޗަންގީ އިންޓަނޭޝަނަލް އެއާޕޯޓުގައި ގާތްގަނޑަކަށް 15 ގަޑިއިރު ޓީމު މަޑުކޮށްފައިވެއެވެ.
ސިންގަޕޫރުގައި މަޑުކުރުމަށްފަހު ޓީމު އިންޑޮނީޝިއާއަށް ފުރީ ހޯމަ ދުވަހުގެ ހެނދުނެވެ. އަދި އިންޑޮނީޝިއާގެ ޔޮގްޔަކާޓާގެ ޖަލާން އަފަންޑީގައި ހުންނަ ލޯމަން ޕާކް ހޮޓަލާ ހަމައަށް ދިވެހި ޓީމު ފޯރީ މެންދުރު ފަހުއެވެ.
24 ގަޑިއިރަށްވުރެ ގިނަވަގުތު މި ދަތުރަށް ހޭދަވިއިރު ޓީމު ހޮޓަލަށް އައުމުން އެ ހޮޓަލުން ވަނީ ޓީމަށް ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. އެ ހޮޓަލުގައި ދިވެހި ޓީމަށް މަރުޙަބާ ކިޔުމުގެ ގޮތުން ކުޑަ ހަރަކާތެއް ވެސް ބާއްވާފައިވެއެވެ.
ދިގު ދަތުރަކަށްފަހު ޤައުމީ ޓީމު އިންޑޮނީޝިއާއަށް
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed