ބީއެމްއެލް 4ވަނަ ޖޫނިއަރ ނެޓްބޯލް ޗެމްޕިއަންޝިޕްގެ 17 ޗެމްޕިއަންކަން އެން ސްޕޯޓްސް އެކެޑެމީއިން ހޯދައިފިއެވެ.

އެން ސްޕޯޓްސް އެކަޑަމީއިން 17 އަހަރުންދަށުގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ފިއޯންތީ ސްޕޯޓްސް އެކަޑަމީއާއި ވާދަކޮށް، 17-06ގެ ބޮޑު ތަފާތަކުން މެޗު ކާމިޔާބުކޮށްގެންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެން ސްޕޯޓްސް އެކަޑަމީގެ އާއިޝާ އައިލީން އަހްމަދުއެވެ.

15 އަހަރުންދަށުގެ ޗެމްޕިއަންކަން ފިއޯންތީ ސްޕޯޓްސް އެކަޑަމީއިން ހޯދާފައިވާއިރު، އެޓީމުންވަނީ 17-10 ގެ ބޮޑު ތަފާތަކުން ފިއޯންތީ ސްޕޯޓްސް ކްލަބު ބަލިކޮށްފައެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔަކީ ފިއޯންތީ ސްޕޯޓްސް އެކަޑަމީގެ އިންޝާ ބިންތި ޝިހާބްއެވެ.

ޖޫނިއަރ ނެޓްބޯލް ޗެމްޕިއަންޝިޕް އެން ސްޕޯޓްސްއަށް
ޖޫނިއަރ ނެޓްބޯލް ޗެމްޕިއަންޝިޕް އެން ސްޕޯޓްސްއަށް

ޖޫނިއާ ނެޓްބޯލް ޗެމްޕިއަންޝިޕް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން--ފޮޓޯ: ޕީއެސްއެމް ނިއުސް

13 އަހަރުންދަށުގެ ޗެމްޕިއަން ޓީމަކީ އެން ސްޕޯޓްސް އެކަޑަމީއެވެ. އެން ސްޕޯޓްސް އެކަޑަމީއިން ތަށި ހިއްލާލީ 09-08 އިން ފިއޯންތީ ސްޕޯޓްސް އެކަޑަމީގެ މައްޗަށް ކުރި ހޯދައިގެންނެވެ. ވާދަވެރި މިމެޗުގެ މޮޅު ކުޅުންތެރިޔަކީ ފާތިމަތު މަލްކިޔާ ޒަމީރްއެވެ.

11 އަހަރުންދަށުގެ ޗެމްޕިއަންކަން ހޯދާފައިވަނީވެސް އެން ސްޕޯޓްސް އެކަޑަމީއެއެވެ. ވަރަށް ވާދަވެރިކޮށް ދިޔަ މިމެޗު އެޓީމުން ކާމިޔާބުކުރީ ފިއޯންތީ ސްޕޯޓްސްގެ މައްޗަށް 08-07 ގެ ތަފާތަކުން ކުރި ހޯދައިގެންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އެން ސްޕޯޓްސް އެކަޑަމީގެ މަރްޔަމް ތަނާލް ޝަހީމްއެވެ.

ޖޫނިއަރ ނެޓްބޯލް ޗެމްޕިއަންޝިޕް އެން ސްޕޯޓްސްއަށް
ޖޫނިއަރ ނެޓްބޯލް ޗެމްޕިއަންޝިޕް އެން ސްޕޯޓްސްއަށް

ޖޫނިއާ ނެޓްބޯލް ޗެމްޕިއަންޝިޕް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން--ފޮޓޯ: ޕީއެސްއެމް ނިއުސް

ނެޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ސިންތެޓިކް ނެޓްބޯޅަ ކޯޓުގައި ކުރިއަށްގެންދާ މުބާރާތުގައި 4 އުމުރުފުރާއަކުން 25 ޓީމުވަނީ ވާދަކޮށްފައެވެ. ފައިނަލް މެޗަށްފަހު މުބާރާތުގެ ޗެމްޕިއަން ޓީމަށާ ރަނަރަޕް ޓީމަށް ޓްރޮފީއާއި މެޑަލް ހަވާލުކޮށްފަވާއިރު، ކޮންމެ އުމުރުފުރާއަކުން ޑްރީމް ޓީމުވެސް ވަނީ ހޮވާފައެވެ.

މުބާރާތް ކުރިއަށްގެންގޮސްފައި ވަނީ މިމަހުގެ 19 ވަނަ ދުވަހުން ފެށިގެން ކޮންމެ ހަފްތާ ބަންދެއްގައި މެޗުތައް ކުޅޭގޮތަށެވެ. މުބާރާތުގެ ކުޅުން ކުރިއަށްދިޔައީ ސިންތެޓިކް ނެޓްބޯޅަ ކޯޓުގައެވެ.