ޔަހޫދީ ދައުލަތުގައި ބާއްވާ ޤާނޫނުހަދާ މަޖިލީހުގެ އިންތިޚާބުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތް ނަމަވެސް، އެކަމުގެ ސަބަބުން އީރާނަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށް އެ ޤައުމުގެ ޚާރިޖީ ވުޒާރާއިން ހާމަކޮށްފިއެވެ.
އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އެސްމާޢީލް ބަޣާއީ ވިދާޅުވީ، ސަރަހައްދަށް އަނިޔާވެރިކަމާއި ލޭއޮހޮރުވުން ފިޔަވައި އެހެން އެއްވެސް ކަމެއް ގެނެސްދީފައިނުވާ ޔަހޫދީ ދައުލަތުގެ ވެރިކަމަށް އަންނަ ފަރާތެއް އީރާނަށް މުހިންމު ނޫން ކަމަށެވެ.
އަންނަ އަންގާރަ ދުވަހު ބާއްވާ އިންތިޚާބާ ދިމާކޮށް، ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އަސްކަރީ އިސްވެރިންނާ ދެމެދު ވަނީ ޚިޔާލުތަފާތުވުންތަކެއް އުފެދިފައެވެ. އީރާނާ ދެކޮޅަށް އަސްކަރީ ފިޔަވަޅުތަކެއް އެޅުމަށް ނަތަންޔާހޫ އެންގި އެންގުމަކާ ގުޅިގެން، ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރުހީވެ، ޤާނޫނީ ހުއްދައެއް ހޯދުމަށް އަސްކަރީ ވެރިޔާ އިޔާލް ޒަމީރު އެދުނު ކަމަށް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް، މި ރިޕޯޓުތައް ނަތަންޔާހޫ އާއި ދިފާޢީ ވަޒީރު އިސްރާއީލް ކެޓްޒް ވަނީ ދޮގުކުރައްވާފައެވެ.
މި އިންތިޚާބާ ގުޅިގެން ފާހަގަކޮށްލެވޭ އަނެއް ކަމަކީ، ވޯޓުލުމަށްޓަކައި 90،000 އަށްވުރެ ގިނަ ޔަހޫދީން ބޭރު ޤައުމުތަކުން އެނބުރި ޤައުމަށް އައިސްފައިވުމެވެ.
އީރާނުގެ ސަރުކާރު ވައްޓާލާނެ ކަމަށް ޔަހޫދީން ދެމުންދާ އިންޒާރުތަކަށް ރައްދުދެމުން އީރާނުން ބުނެފައިވަނީ، އިންތިޚާބުގެ ނަތީޖާ އާއި ކުރިއަށް އަންނަ ސަރުކާރެއްގެ ސިޔާސަތުތައް ކޮންމެ ގޮތަކަށް ކަނޑައެޅިގެން ނޭނގޭ ގޮތަކަށް ހުއްޓަސް، އެ ޤައުމުގެ ސިޔާސަތަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ.
ޔަހޫދީންގެ އިންތިހާބުގެ ނަތީޖާއިން ހާލަތަކަށް ބަދަލެއް ނާންނާނެ: އީރާން
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed