ރ.މާކުރަތަކީ 1400 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ. ރަށުގެ ތަރައްޤީއަށް، އެކި ދާއިރާތަކުން ގިނަ މަޝްރޫޢުތަކެއް އަންނަނީ ކުރިއަށްގެންދަމުންނެވެ.

މިވަގުތު އެންމެ ބާރަށް ކުރިއަށްގެންދާ އެއް މަސައްކަތަކީ ރަށުގެ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތެވެ. އެގޮތުން ބަނދަރުގެ އެއްގަމު ތޮއްޓަށް 450 މީޓަރުގެ ޖާގަ އިތުރުކުރުމުގެ މަސައްކަތް މިހާރު ވަނީ ނިންމާލާފައެވެ.

ކައުންސިލްގެ ނައިބު ރައީސް އިސްމާއީލް އަރީފް ވިދާޅުވީ ބަނދަރަށް ޖާގަ އިތުރުކުރުމުގެ މަސައްކަތާއެކު، ބަނދަރު ތޮއްޖެހުމުގެ މައްސަލައަށް ބޮޑު ލުޔެއް ލިބިފައިވާކަމަށެވެ. 400 މިޓަރުގެ ބޮޑު ހިލައިގެ ބޭރު ތޮށީގެ މަސައްކަތްވެސް ވަނީ ނިންމާލާފައެވެ.

"ބަނދަރުގައި ދެން ކުރިއަށްދާނީ ޑިންގީ ޖެޓީގެ މަސައްކަތް. މުޅި މަޝްރޫޢު މި އަހަރުގެ ނިޔަލަށް ނިމޭނެކަމަށް އަންދާޒާ ކުރެވެނީ." މާކުރަތު ކައުންސިލްގެ ނައިބު ރައީސް އިސްމާއިލް އަރީފް ވިދާޅުވިއެވެ.

މާކުރަތުގެ ބަނދަރާއި ކައުންސިލް އިދާރާގެ މަސައްކަތް ނިމުމަކާ ގާތަށް
މާކުރަތުގެ ބަނދަރާއި ކައުންސިލް އިދާރާގެ މަސައްކަތް ނިމުމަކާ ގާތަށް
ރ.މާކުރަތު ކައުންސިލް އާ އިމާރާތް. ފޮޓޯ:ޕީއެސްއެމް

ދެން އެންމެ ބާރަށް ދަނީ މާކުރަތު ކައުންސިލްގެ އައު އިމާރާތުގެ މަސައްކަތެވެ. ދެ ފަންގިފިލާގެ އެ އިމާރާތުގެ މަސައްކަތުގެތެރެއިން، އިމާރާތް ރޭނުމާއި ފުރާޅުގެ މަސައްކަތްތައް ނިމި، މިހާރު ވަނީ އެތެރޭގެ މަސައްކަތްތަކާއި ފިނިޝިންގ މަސައްކަތްތައް ފަށާފައެވެ.

މިހާރުގެ ކައުންސިލް އިމާރާތް ކުޑަވުމާއެކު، މުވަޒަފުން ތިބުމާއި އަދި ކައުންސިލުން ބޭނުންވާ އެހެނިހެން މަސައްކަތްތައް ކުރުމަށް ބޭނުންވާ ޖާގަ ދަތިވެފައިވާކަން ކައުންސިލުން ފާހަގަކުރެއެވެ.

"މިހާރު އަޅުގަނޑުމެން ކައުންސިލުގައި ރަނގަޅު ސްޓޯރޫމެއްވެސް ނެތް. އެކި ތަންތަނުގައި އެއްޗެހި ރައްކާކުރަންޖެހޭތީ ވަރަށް ބޮޑަށް ދަތިވޭ. އިތުރު ޑެސްކެއްވެސް ކައުންސިލަށް އިތުރުކުރަންވެފަ އެބައޮތް. އެކަންވެސް ނުވެފަވަނީ ޖާގަ ނެތީމަ." ކައުންސިލްގެ ނައިބު ރައީސް ވިދާޅުވިއެވެ.

މާކުރަތުގެ ބަނދަރާއި ކައުންސިލް އިދާރާގެ މަސައްކަތް ނިމުމަކާ ގާތަށް
މާކުރަތުގެ ބަނދަރާއި ކައުންސިލް އިދާރާގެ މަސައްކަތް ނިމުމަކާ ގާތަށް
ރ.މާކުރަތު. ފޮޓޯ:ޕީއެސްއެމް

ރަށުގެ ރައްޔިތުން މިހާރު އެންމެ ބޮޑު ޙައްލެއް ބޭނުންވެފައިވާ ކަމަކީ، އެރަށުގެ ގިރާ ސަރަޙައްދުގެ މައްސަލައަށް ޙައްލެއް ލިބުމެވެ. ކައުންސިލުން ވިދާޅުވީ އެއް ސަރަޙައްދުން 400 ފޫޓު އަދި އަނެއް ސަރަޙައްދުން 200 ފޫޓު ގިރާފަވާކަމަށެވެ. މީގެތެރޭގައި މީހުން މޫދަށް އެރިއުޅެން ބޭނުންކުރާ ބީޗް ސަރަޙައްދާ، އަދި ބައެއް މަސައްކަތްތަކަށް ބޭނުންކުރާ ސަރަޙައްދުތައްވެސް ހިމެނޭކަމަށެވެ.

މާކުރަތަކީ ސަރުކާރުން އަތޮޅުތަކުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢު ކުރިއަށްގެންދިއުމަށްވެސް ނިންމާފައިވާ ރަށެކެވެ. އެރަށުގައި 30 ރޯހައުސް ތަރައްޤީކުރަން ހިމަނާފައިވެއެވެ. ރަށުގެ ލޭންޑް ޔޫސް ޕްލޭންގެތެރެއިން އެކަމަށް ބޭނުންވާ ބިން ކައުންސިލުން މިހާރު ވަނީ ކަނޑައަޅާފައެވެ.

މީގެއިތުރުން ރަށުގައި މަގުތައް ތަރައްޤީކުރުމުގެ މަޝްރޫޢުވެސް ހިމެނެއެވެ. އެގޮތުން ތާރު އަޅައިންގެ ޒަމާނީ ފެންވަރަށް މަގުތައް ތަރައްޤީކުރުމަށް ނިންމާ، 10 މަގެއް ތަރައްޤީކުރަން ވަނީ ކަނޑައަޅަފައެވެ.