ރާއްޖޭގެ ޤައުމީ ޓީމު އަބަދުވެސް މަސައްކަތް ކުރާނީ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރުމުގެ އަޒުމުގައި ކަމަށް ރާއްޖެއަށް ފުރަތަމަ ސާފް ތަށި ހޯދައިދިން ފޯވާޑް އަދި މިހާރު ފުޓުބޯޅަ އެސޯސިއޭޝަންގެ ރައީސް އަހުމަދު ޠާރިޤް ވިދާޅުވެއްޖެއެވެ.

އެފްއޭގެ ރައީސް ޠާރިޤް މިހެން ވިދާޅުވީ ސާފް ޗެމްޕިއަންޝިޕަށް ޤައުމީ ޓީމު ތައްޔާރުކުރުމުގެ ކުރިއަށް ގެންދާ ތަމްރީން ދަތުރަށް ޓީމު އިންޑޮނޭޝިއާއަށް ފުރުމުގެ ކުރިން ޓީމާ ބައްދަލުކޮށް ހިއްވަރުދެއްވުމަށްފަހު، ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެމުންނެވެ.

ދިވެހި ޓީމު އަބަދުވެސް މަސައްކަތް ކުރާނީ ތައްޓަށް: ޠާރިޤް
ދިވެހި ޓީމު އަބަދުވެސް މަސައްކަތް ކުރާނީ ތައްޓަށް: ޠާރިޤް

އެފްއޭގެ ރައީސް އަޙްމަދު ޠާރިޤް -- ފޮޓޯ: ޕީއެސްއެމް ނިއުސް

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) ގެ ރައީސް އަޙްމަދު ޠާރިޤް ވިދާޅުވީ، މި ކޭމްޕުގެ މައިގަނޑު މަޤްޞަދަކީ ކޯޗުގެ އިރުޝާދުގެ ދަށުން ޓީމު އެކަތިގަނޑެއްގެ ގޮތުގައި ބަދަހިކުރުން ކަމަށެވެ. މާލޭގެ މާހައުލުން ބޭރަށް ގޮސް ކޭމްޕުކުރުމުގެ މައިގަނޑު ބޭނުމަކީ ކުޅުންތެރިންނަށް އެއްވެސް ކަހަލަ ހުރަހެއް ނެތި، ފުރިހަމަ ސަމާލުކަން ތައްޔާރީތަކަށް ދެވޭނެ މަގުފަހިކުރުން ކަމަށްވެސް ޠާރިޤް ފާހަގަކުރެއްވިއެވެ.

"ސަރަޙައްދުގައި ރާއްޖެއިން އޮތް މަޤާމަށް އަލިއަޅުވާލައްވަމުން ޠާރިޤް ވިދާޅުވީ، މިހާރު ހުރި ރޭންކިންގ ތަކާއި ދަނޑުމަތީގެ ނަތީޖާތަކަށް ބަލާއިރު އިންޑިއާ ފަދަ ޓީމުތަކާ އަޅައިބަލާއިރު ކަރުދާހުގެ މައްޗަށް މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި ރާއްޖެ ނުފެނުނު ނަމަވެސް، ޓީމު އޮތީ މުބާރާތުގެ ތައްޓަށް މަސައްކަތްކުރަން ފުރިހަމައަށް އަޒުމުކަނޑައަޅައިގެން. ރޭންކިންގ އަކީ ދަނޑުމަތީގައި ނަތީޖާ ނުކުންނަގޮތް ވަކިގޮތަކަށް ކަނޑައަޅާ އެއްޗެއް ނޫން" ޠާރިޤް ވިދާޅުވިއެވެ.

މިއަދު އިންޑޮނޭޝިއާއަށް ފުރި ޓީމުގައި ހިމެނެނީ 23 ކުޅުންތެރިންނެވެ. އާއިލީ ސަބަބުތަކާހުރެ އޮޑި ސްޕޯޓްސް ކްލަބްގެ ޑިފެންޑަރު އަހުމަދު އައިހަމް ޓީމާ ގުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހުއެވެ. މީގެއިތުން މާޒިޔާގެ ޑިފެންޑަރ ހައިޝަމް އަނިޔާގައި ހުރުމުން ޓީމާ އެކު ނުދެއެވެ.

ދިވެހި ޓީމު އަބަދުވެސް މަސައްކަތް ކުރާނީ ތައްޓަށް: ޠާރިޤް
ދިވެހި ޓީމު އަބަދުވެސް މަސައްކަތް ކުރާނީ ތައްޓަށް: ޠާރިޤް

އަލީ އަޝްފާގް ސައިކަލުގައި އަލީ ފާސިރު ބަސްޓާމިނަލްއަށް ގެންގޮސްދެނީ -- ފޮޓޯ: ޕީއެސްއެމް ނިއުސް

މި ފަހަރުގެ ސާފް މުބާރާތުގައި ރާއްޖެއިން ގްރޫޕް ބީގައި ލައްވާލައިރު، ރާއްޖެއިން އެންމެ ފަހުން އިންޑިއާ އާއި އެއްގްރޫޕެއްގައި ވާދަކުރީ 2018 ވަނަ އަހަރުގެ މުބާރާތުގައެވެ. އަދި ޕާކިސްތާނާ އެއް ގްރޫޕެއްގައި އެންމެ ފަހުން ރާއްޖެއިން ކުޅުނީ 2011 ވަނަ އަހަރުގެ މުބާރާތުގައެވެ.

މި ފަހަރުގެ މުބާރާތް ކުރިއަށްދާނީ ނޮވެމްބަރު 5-17 އަށް ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައެވެ.

އެންމެ ފަހުން 2022 ވަނަ އަހަރު އިންޑިއާގެ ބެންގަލޫރުގައި ކުރިއަށްދިޔަ ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުން ރާއްޖެ ކެޓީ ގްރޫޕް ސްޓޭޖުންނެވެ. މިއީ ސާފް ޗެމްޕިއަންޝިޕް ތާރީޚުގައި ރާއްޖެއިން މުބާރާތުގެ ގްރޫޕް ސްޓޭޖުން ކެޓި ފުރަތަމަ ފަހަރެވެ.