ށ.ފުނަދޫ ޕެޓްރޯލް ޝެޑުގައި ރޯވި އަލިފާން ކޮންޓްރޯލްވެފައިވާކަމަށް ޤައުމީ ދިފާޢީ ބާރުން ވިދާޅުވެއްޖެއެވެ.

އެ ރަށު ކައުންސިލުން ޕީއެސްއެމްއަށް މަޢުލޫމާތު ދެއްވި ގޮތުގައި ގާތްގަނޑަކަށް 11:00ޖެހި އިރު އަލިފާން ކޮންޓްރޯލްވިފައިވީ ނަމަވެސް އަދި މުޅިން އަލިފާން ނިއްވާނުލެވެއެވެ. ނަމަވެސް އަލިފާން ފެތުރުން އެއްކޮށް ކޮންޓްރޯލްކުރެވިފައިވާކަމަށް ކައުންސިލުން މަޢުލޫމާތުދެއްވައެވެ.

މިހާދިސާގައި އެކިވަރުގެ އަނިޔާ ލިބިގެން 20 މީހުންނަށް ވަނީ އެރަށު ސިއްޙީ މަރުކަޒުގައި ފަރުވާދީފައެވެ. މީގެ ތެރޭގައި ދުމުގެ އަސަރުކޮށްގެންނާއި، ފިހިގެން އަދި އެކިކަލަ އަނިޔާލިބުނު މީހުން ހިމެނުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިނުވާކަމަށް އެރަށުން މާއުލޫމާތުދެއްވިއެވެ. އަދި މީގެ ތެރެއިން ބައެއް މީހުންވަނީ ފަރުވާއަށްފަހު ދޫކޯށްލާފައެވެ.

ފުނަދޫ ޕެޓްރޯލް ޝެޑުގައި ރޯވި އަލިފާން ކޮންޓްރޯލްކޮށްފި
ފުނަދޫ ޕެޓްރޯލް ޝެޑުގައި ރޯވި އަލިފާން ކޮންޓްރޯލްކޮށްފި
ށ.ފުނަދޫގައި އަލިފާން ރޯވުން:
ފޮޓޯ: ޕީއެސްއެމް ނިއުސް

ފުނަދޫ ޕެޓްރޯލް ޝެޑުގައި ރޯވި އަލިފާން އެސަރަހައްދުގައިހުރި ގެތަކާއި ގުދަންތަކަށް ކޮށްފައިވާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭއިން ވަނީ ވިދާޅުވެފައެވެ. އެގޮތުން، އެ ސަރަޙައްދުގައި ހުރި 4 ގެޔަކަށާއި 5 ވޯކްޝޮޕް/ގަރާޖަކަށް އަލިފާނުގެ އަސަރުކޮށްފައިވާކަމަށް ވިދާޅުވިއެވެ.

މިހާދިސާއާ ގުޅިގެން އެސަރަޙައްދުގެ ބައެއް ގެތަކުން މީހުން ހުސްކުރިކަމަށްވެސް އެންޑީއެމްއޭއިން ވިދާޅުވިއެވެ.

އަލިފާން ނިއްވުމުގައި ފުލުހުންނާއި، އެއާޕޯޓް ފަޔަރ އަދި އާންމުން ވަނީ ހަރަކާތްތެރިވެފައެވެ. އަދި އަލިފާން ކޮންޓްރޯލްކުރެވުނީ ކުޅުދުއްފުށިން އެމްއެންޑީއެފް ފަޔަރ ޓީމު އެރަށަށްގޮސް ފޯރުކޯށްދިން އެހީތެރިކަމާއެކުގައެވެ. މީގެއިތުރުން ޖޭ ޑަބްލިއު މެރިއޮޓް ރިސޯޓުގެ ފަޔަރ ޓީމުންވެސް ދަނީ އަލިފާން ނިއްވުމުގައި ހަރަކާތްތެރިވަމުންނެވެ.

ފުނަދޫ ޕެޓްރޯލް ޝެޑުގައި ރޯވި އަލިފާން ކޮންޓްރޯލްކޮށްފި
ފުނަދޫ ޕެޓްރޯލް ޝެޑުގައި ރޯވި އަލިފާން ކޮންޓްރޯލްކޮށްފި
ފުނަދޫ ޕެޓްރޯލް ޝެޑުގައި ރޯވި އަލިފާން ކޮންޓްރޯލްކޮށްފި
ފުނަދޫ ޕެޓްރޯލް ޝެޑުގައި ރޯވި އަލިފާން ކޮންޓްރޯލްކޮށްފި