އީރާނާ ދެކޮޅަށް އަޅާ ފިޔަވަޅުތައް ވަރުގަދަކޮށް، އައު ހަމަލާތަކެއް ދިނުމާމެދު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިސްނަވަމުން ގެންދަވާ މި ދަނޑިވަޅުގައި، އެމެރިކާގެ މަނަވަރުތަކަށް ހަމަލާދިނުމުގެ ފުރިހަމަ ޤާބިލުކަން އެބަހުރި ކަމަށް އީރާނުގެ އަސްކަރިއްޔާއިން ބުނެފިއެވެ.
އީރާނުގެ އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް ޖެނެރަލް ޢަލީ ޢަބްދުﷲ ވިދާޅުވީ، ސަރަހައްދުގެ ކޮންމެ އުޅަނދަކަށް ވެސް ހަމަލާދިނުމުގެ ކުޅަދާނަކަން އީރާނަށް ލިބިފައިވާ ކަމަށެވެ.
އަދި އެމެރިކާގެ ކަނޑުގެ ސިފައިން އަލުން ފާރިސީ ކަނޑުއޮޅިއަށް ވަނުމަކީ ހުވަފެނީ ކަމަކަށް ވާނެ ކަމަށް ވިދާޅުވެ، ރައްދުގައި އެމެރިކާއާއި ޔަހޫދީ ދައުލަތް ނުރައްކާތެރި އަނދަވަޅަކަށް ވައްޓާލާނެ ކަމުގެ އިންޒާރު ވެސް އޭނާ ވަނީ ދެއްވައިފައެވެ.
މި ނުތަނަވަސްކަމާ އެކު ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށް އީރާނުން ދޭ ހަމަލާތައް އިތުރުވެފައިވާއިރު، ކަނޑު އަޑީގައި ހަރުކޮށްފައިވާ މައިންތަކުގައި ޖެހި ބައެއް ޓޭންކަރުތަކަށް ވަނީ ބޮޑެތި ގެއްލުންތައް ލިބިފައެވެ. މި ހާދިސާތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެލު ފީފާއެއްގެ އަގު ވަނީ 117 އެމެރިކާ ޑޮލަރަށް އުފުލިފައެވެ.
މީގެއިތުރުން، ސަރަހައްދީ އެހެން ޤައުމުތަކުގެ މެދުގައި ވެސް ކުރިމަތިލުންތައް ދަނީ ފުޅާވަމުންނެވެ. އެގޮތުން ޔަމަނުގެ ހޫޘީން ސަޢުދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޟަށާއި ވައިގެ ބަނދަރުތަކަށް އަމާޒުކޮށް ހަމަލާތައް ދެމުންދާއިރު، ދެކުނު ލުބުނާނަށް ޔަހޫދީ ދައުލަތުން ދަނީ ވަރުގަދަ ވައިގެ ހަމަލާތަކެއް ދެމުންނެވެ.
ހަމަލާތަކުގެ ނުރައްކާ ބޮޑުވުމާ ގުޅިގެން، ސަޢުދީގައި ތިބި އެމެރިކާގެ ބައެއް ޚާރިޖީ މުވައްޒަފުން އަނބުރާ ގެންދިއުމުގެ މަސައްކަތް އެ ޤައުމުން މިހާރު ވަނީ ފަށައިފައެވެ.
މި މައްސަލައަށް ސުލްޙަވެރި ހައްލެއް ހޯދުމުގެ ގޮތުން ތުރުކީވިލާތް، ސަޢުދީ، ޕާކިސްތާން، މިޞްރު އަދި ވިލާތުގެ ބޮޑެތި ޤައުމުތަކުން އިސްތަންބޫލުގައި މަޝްވަރާ ބައްދަލުވުމެއް ބޭއްވި ނަމަވެސް، އެމެރިކާއާއި އީރާނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމަށް ލުޔެއް ލިބޭނެ ފަދަ އެދެވޭ އަލިމަގެއް އަދި ނުފެނެއެވެ.
އީރާނުން ބުނެފައިވަނީ، ހަމަލާތަކުގެ ބިރުވެރިކަމުގެ ދަށުގައި ތިބެ އެއްވެސް މަޝްވަރާއެއް ނުކުރާނެ ކަމަށާއި، މި ފަހަރު އެ ޤައުމުން ފަހަތަށް ނުޖެހޭނެ ކަމަށެވެ.
އެމެރިކާގެ މަނަވަރުތަކުން ދިފާޢުވާން އީރާނު ތައްޔާރު
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed