ށ. ފުނަދޫ ޕެޓްރޯލް ޝެޑުގައި އަލިފާން ރޯވެ، އަންދަމުންދާތީ ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވާން ފަށައިފިއެވެ. ޤައުމީ ދިފާޢީ ބާރުން ވިދާޅުވީ ފުނަދޫ ޕެޓްރޯލް ޝެޑުގަ އަލިފާން ރޯވެގެން އުޅޭކަމުގެ މަޢުލޫމާތު ވަނީ ލިބިފއިވާކަމަށާއި، ކުޅުދުއްފުށި ފަޔަރ ސްޓޭޝަން ގެ ސިފައިން މިހާރު އެރަށަށް ދިއުމަށް ދަތުރު ކުރަމުންދާކަމަށެވެ.
ފުނަދޫ އެއަރޕޯޓުގެ ފަޔަރ ފައިޓަރުން ދަނީ އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުންނެވެ. ފުނަދޫ ކައުންސިލުން ވިދާޅުވީ ޕެޓްރޯލް ޝެޑްގައި ރޯވުމާއި ގުޅިގެން ޖެހިގެން ހުރި ދެ ގުދަނެއްގައިވެސް ރޯވެފައިވާކަމަށެވެ.
އަލިފާން ރޯވި ވަގުތު އެސަރަހައްދުގައި ބަޔަކު ތިބި ނަމަވެސް، އެއްވެސް މީހަކަށް ގެއްލުމެއް ލިބުނުކަން އަދި ކަށަވަރުވެފައި ނުވާކަމަށް ކައުންސިލުން ވިދާޅުވިއެވެ. އަދި ވައި ދައުރުވާގޮތުން ދުމާއި ހުޅުގަނޑު ހުރީ ރަށުތެރެއަށްވާ ގޮތަށްކަމަށާއި، ރޯވެފައިވާ މިންވަރު ބޮޑުކަމުން އަލިފާން ނިއްވުމަށް އެސަރަޙައްދާ ގާތްވުމަށްވެސް ދަތިތަކާ ކުރިމަތިވާކަމަށް ކައުންސިލުން ވިދާޅުވިއެވެ.
މީގެ އިތުރުން އަލިފާން ގަނޑުތެރެއިން ބައެއް ތަކެތި ގޮވަމުންދާކަމަށާއި، މިހާތަނަށް ކުރި މަސައްކަތުން އަލިފާން ކޮންޓްރޯކުރެވޭގޮތް ނުވާކަމަށްވެސް ވިދާޅުވިއެވެ.
ތަފްޞީލް އަންނަނީ...
ށ. ފުނަދޫ ޕެޓްރޯލް ޝެޑުގަ އަލިފާން ރޯވެ އަނދަނީ
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed