ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ, ފީފާގެ ގިނަ މެމްބަރު ގައުމުތަކުގެ ތާއީދު އެބައޮތްކަމަށް އެ އިދާރާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯ ބުނެފިއެވެ.
އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާގެ އިންތިހާބުގައި ވާދަކުރާނެކަން އިއުލާން ކޮށްފައިވާ އިންފަންޓީނޯއަށް އުނދަގޫތަކާއި ކުރިމަތިލާން ޖެހުނީ މިދިޔަ ޖުލައި މަހު އިއުލާންކުރި ފީފާ ފޯވާޑް އެންޓަޕްރައިޒްގެ ހިއްސާ އަމިއްލަ ވިޔަފާރިވެރިންނަށް ވިއްކާލުމަށް ނިންމާ އެކަން އިއުލާން ކުރުމާއި ގުޅިގެންނެވެ.
އަދި އެކަމާއި ގުޅިގެން ޔޫއެފާ އާއި އޭޝިޔާގެ ފުޓްބޯޅައިގެ އިދާރާގެ އިތުރުން ކޮންކާކަފް އިން ވަނީ އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމަށް ގޮވާލާފައެވެ. އަދި ޔޫއެފާއިން ވަނީ މިދިޔަ ހަފްތާގައި ފީފާގެ މުހިންމު ނިންމުންތަކާއި ގުޅޭ ލިޔެކިއުންތައް އަންނަ ނޮވެމްބަރ މަހުގެ 2 ވަނަ ދުވަހުގެ ކުރިން ހާމަކުރުމަށްވެސް ގޮވާލާ ސިޓީއެއް ފޮނުވާފައެވެ.
މިހާރު އަޒަރުބައިޖާނުގައި ހުރި އިންފަންޓީނޯ ބުނެފައިވަނީ ފީފާ ކަހަލަ ބޮޑު އޯގަނައިޒޭޝަނެއްގައި ހިޔާލު ތަފާތުވުން ހުންނާނެ ކަމަށާއި އެކަމާ ޖެހޭނީ މަޝްވަރާ ކުރަން ކަމަށެވެ.
"ފީފާ ކަހަލު ބޮޑު އޯގަނައިޒޭޝަނެއްގައި ހިޔާލު ތަފާތުވުން ހުންނާނެ. އެކަމާ ޖެހޭނީ މަޝްވަރާ ކުރަން. އަހަރެން ގަބޫލުކުރާ ގޮތުގައި ޔުއެފާ އާއިއެކު ގިނަގިނައިން މަޝްވަރާ ކުރަން ޖެހޭނެ." އިންފަންޓީނޯ ބުންޏެވެ.
އިންފަންޓީނޯ އިތުރަށް ބުނެފައިވަނީ ބައެއް ގައުމުތަކުގެ ތާއީދު އޭނާއަށް ނެތް ނަމަވެސް ފީފާގެ ގިނަ މެމްބަރު ގައުމުތަކުގެ ތާއީދު އޭނާއަށް އެބައޮތް ކަމަށެވެ.
އިންފަންޓީނޯއަށް އިންތިހާބުގެ ޔަގީންކަން އިތުރަށް ބޮޑުވެގެން ގޮސްފައިވަނީ ކުރިން ޔޫއެފާ އާއިއެކު އޭނާ އާއި ދެކޮޅަށް ބަޔާން ނެރުނު އޭޝިޔަން ފުޓްބޯލް ކޮންފެޑަރޭޝަން (އޭއެފްސީ) އިން އެ ނިންމުން ބަދަލުކޮށް އިންފަންޓީނޯއަށް ތާއިދު ކުރުމަށް ނިންމުމާއި ގުޅިގެންނެވެ. އެހެންކަމުން އޭއެފްސީގެ އިތުރުން އެފްރިކާގެ ކޮންފެޑަރޭޝަންގެވެސް ހުރިހާ މެމްބަރުންގެ ތާއީދު އިންފަންޓީނޯއަށްވަނީ ލިބިފައެވެ.
ގިނަ ގައުމުތަކުން އަހަރެންނަށް ތާއިދުކުރޭ: އިންފަންޓީނޯ
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed