އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އެވަޓަން އާއި ދެކޮޅަށް އާސެނަލް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން އާސެނަލް މޮޅުވެއްޖެއެވެ.
މި މެޗުން އާސެނަލް މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 8 މެޗުން ޖުމްލަ 21 ޕޮއިންޓާއެކު ތާވަލުގެ ދެވަނަ މަގާމް ލިބިފައެވެ. އެވަޓަން އަށް ލިބިފައިވާ 10 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 9 ވަނައިގައެވެ.
ލަންޑަނުގެ އެމިރޭޓްސް ސްޓޭޑިއަމްގައި 60 ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗު ފަށައިގެން މެޗުގެ 7 ވަނަ މިނިޓު އާސެނަލް އިން ވަނީ ލަނޑެއް ޖަހާ ލީޑު ނަގާފައެވެ.
މި ލަނޑު އެ އާސެނަލްއަށް ކާމިޔާބުކޮށްދީފައިވަނީ އެ ޓީމަށް ލިބުނު ކޯނަރު ޑިފެންޑަރ އެޒްރީ ކޮންސާއެވެ. މިއީ މި ސީޒަނުގައި އާސެނަލުން ސެޓް ޕީސްއަކުން ޖެހި ފުރަތަމަ ލަނޑެވެ.
އާސެނަލްއިން ލަނޑެއް ޖަހާ ކުރި ހޯދި ނަމަވެސް ފުރަތަމަ ހާފުގައި އެވަޓަން އަށް ވަނީ މެޗުގެ ނަތީޖާ އެއްވަރުކުރުމަށް ރަގަޅު ފުރުސަތުތަކެއް ލިބިފައެވެ. އެގޮތުން ޖޭމްސް ގާރނާ އާއި ތައިރިގް ޖޯޖް އަށް ފޮނުވާލި ދެ ހަމަލާވެސް އާސެނަލްގެ ގޯލުކީޕަރު ޑޭވިޑް ރާޔާވަނީ މަތަކޮށްފައެވެ.
އާސެނަލް އިން ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވާ މި މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ ޖުމްލަ 13 ހަމަލާ އެވަޓަންގެ ގޯލަށް އަމާޒުކޮށްފައެވެ. އަދި ފުރަތަމަ ހާފުގައި 10 ކޯނަރު އާސެނަލަށްވަނީ ލިބިފައެވެ.
މި މެޗުގައި އާސެނަލް އިން ޖެހި ދެވަނަ ލަނޑަކީ މެޗުގެ 68 ވަނަ މިނިޓުގައި ގެބްރިއަލް މަގަލާއެސް ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ. މި ލަނޑަކީ އަރިމަތިން ބެން ވައިޓް ނަގައިދިން ހުރަހެއް ބޮލުންޖަހާ ގޯލުގެ ތެރެއަށް ފޮނުވާލައިގެން މަގަލާއެސް ކާމިޔާބުކޮށްފައިވާ ލަނޑެކެވެ.
އާސެނަލް މި މެޗަށް ނިކުތްއިރު މިއީ ކެޕްޓަން ބުކަޔޯ ސަކާއަށް ލިބުނު އަނިޔާގެ ސަބަބުން އޭނާ 6 ހަފްތާއަށް ކުޅުމާއި ދުރަށް ދާން ޖެހުނު ފަހުން އެ ޓީމުން ކުޅުނު ފުރަތަމަ މެޗެވެ. އަދި އޭނާ ނެތްތަން ފޫބެއްދުމަށް މި މެޗުގައި ކުޅެފައިވަނީ ނޮނީ މަޑުއެކޭއެވެ.
އެވަޓަން ބަލިކޮށް އާސެނަލްއިން ސިޓީއާ އެއްވަރުކޮށްފި
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed