އަޒަރުބައިޖާނުގައި މިހާރު ކުރިއަށްދާ ފީފާ 15 އަހަރުން ދަށުގެ ވޯލްޑް ކަޕް ފެސްޓިވަލްގެ ފުރަތަމަ މެޗުން ސައުތު އެފްރިކާ އަތުން ރާއްޖެ ބަލިވެއްޖެއެވެ.

ހޮނިހިރު ދުވަހު ހެނދުނު ކުޅުނު މި މެޗުން ރާއްޖޭގެ ޒުވާން ޓީމު ބަލިވީ 8-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ތިންވަނަ މިނިޓްގައި ސައުތު އެފްރިކާއަށް ލީޑު ނަގައިދިނީ ކެއެނޫ މޮސެސް ޖަހައިދިން ގޯލުންނެވެ. އަދި މެޗުގެ 8 ވަނަ މިނިޓުގައި ރަޓްލަޑީ ފިންގާ ވަނީ އިތުރު ލަނޑެއް ޖަހައި ސައުތު އެފްރިކާއަށް ލީޑު ފުޅާކޮށްދީފައެވެ.

މެޗުގެ 13 ވަނަ މިނެޓްގައި މޮސިމާނޭ ސައުތު އެފްރިކާގެ ތިންވަނަ ގޯލު ޖެހިއިރު، އޭގެ ތިން މިނިޓް ފަހުން މަޝީޝީ ވަނީ އެ ޓީމުގެ ހަތަރުވަނަ ގޯލު ޖަހައިފައެވެ. އަދި މެޗުގެ 22 ވަނަ މިނެޓްގައި ސައުތު އެފްރިކާގެ ފަސްވަނަ ގޯލު އެ ޓީމަށް ޖަހައިދިނީ ލެސިޑީ ހަލެލޭއެވެ.

އެފްރިކާގެ ހަވަނަ ގޯލު ޖަހައިދިނީ ވެސް މަޝީޝީއެވެ. އަދި ހަތްވަނަ ލަނޑު މޮރެނޭ ޖެހިއިރު، އެފްރިކާއިން ޖެހި ފަސްވަނަ ލަނޑު އެ ޓީމަށް ޖަހައިދިނީ ސަލިވާއެވެ.

މި މުބާރާތުގައި ރާއްޖެއިން އާދީއްތަ ދުވަހު ދެ މެޗު ކުޅޭނެއެވެ. އާދީއްތަ ދުވަހު މެންދުރު ފަހު ރާއްޖެއިން ނުކުންނާނީ ފްރާންސްއާ ދެކޮޅަށެވެ. އަދި އާދީއްތަ ދުވަހުގެ ރޭ ރާއްޖެއިން ނުކުންނާނީ ކޮސޯވޯއާ ދެކޮޅަށެވެ.