ދިވެހި ސާފިން ލީގުގެ ފަހު މުބާރާތް "ރަންނަމާރި ޗެލެންޖް" އަންނަ މަހު 3 ވަނަ ދުވަހު ފަށަން މޯލްޑިވްސް ސާފިން އެސޯސިއޭޝަނުން ނިންމައިފިއެވެ.
މިދިޔަ އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ޔަސިން އަހުމަދު ނާޝިދުއެވެ. އެ ފަހަރުގެ ފައިނަލު ޔަސިން ކާމިޔާބުކުރީ އަހުމަދު ހިޝާމް ޝަހީމްއާ ވާދަކޮށެވެ.
ސާފިން އެސޯސިއޭޝަނުން ވަނީ މިއަހަރުގެ މުބާރާތް އަންނަ މަހު 3 ވަނަ ދުވަހު ފަށަން ނިންމާފައިވާކަން އިއުލާންކޮށްފައެވެ. އަދި މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ.
އެމްއެސްއޭއިން ހާމަކޮށްފައިވާ ގޮތުގައި މި ފަހަރުގެ މުބާރާތް ކުރިއަށްދާނީ ފަސް ކެޓަގަރީއަކަށެވެ. އެއީ މެންސް އޯޕަން، އޯޕަން ވުމެންސް، ޖޫނިއާ ބޯއީސް، މާސްޓާސް އަދި މަރުހަބާ ކަޕް ޓީމު އިވެންޓެވެ.
ޖޫނިއާ އޯޕަން ކެޓަގަރީގައި ބައިވެރިވެވޭނީ 18 އަހަރުން ދަށުގެ އެތުލީޓުންނެވެ. އަދި މާސްޓާސް ކެޓަގަރީގައި ބައިވެރިވެވޭނީ 35 އަހަރުން މަތީގެ އެތުލީޓުންނަށެވެ.
އެންމެ ފަހުގެ ޖޫނިއާ ކެޓަގަރީގެ ޗެމްޕިއަންކަން ވެސް ހޯދައިފައިވަނީ ޔަސިންއެވެ. ޖޫނިއާ ޗެމްޕިއަންކަން ޔަސިން ހޯދީ ޔޫސުފް ކަޔާން ހަމްދާން ޒަކީއާ ވާދަކޮށެވެ.
މިދިޔަ އަހަރުގެ މުބާރާތުގެ ވުމެންސް އޯޕަންގެ ޗެމްޕިއަންކަން ހޯދީ އާޔާ ނަސީމް އެވެ. އަޔާ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި އައިމިނަތު ތާނީސް ޝިރަންއާ ވާދަކޮށެވެ.
މި ފަހަރުގެ މުބާރާތް ކުރިއަށްދާނީ ނޮވެމްބަރު 3 އިން 7 އަށް މާލޭ ވަރުނުލާ ރާޅުގަނޑުގައެވެ.
ޤައުމީ ސާފިން މުބާރާތް "ރަންނަމާރި ޗެލެންޖް" އަންނަ މަހު
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed