ޖަރުމަނުގެ ބަޔާން މިއުނިކްގެ ކޯޗު، ވިންސެންޓް ކޮމްޕެނީ އެ ޓީމުގެ ދެވަނަ ޓީމުގެ ޓްރެއިނިންގައި ހުއްޓައި ސިއްހީ ހާލު ދެރަވެ، އެމްބިއުލާންސްގައި ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން އަންނަ ކަމަށް ބަޔާނުން ބުނެފިއެވެ.
ވައިރަލް ރޯގާއެއް ޖެހިގެން ކޮމްޕެނީ ވަނީ މި ހަފުތާގެ ތެރޭގައި އެކަމަށް ފަރުވާ ހޯދައިފައެވެ. އަދި ޗެމްޕިއަންސް ލީގައި ބަޔާނުން އާސެނަލާ ދެކޮޅަށް ކުޅުނު މެޗުގެ ނޫސްވެރިންގެ ބައްދަލުވުމަށްވެސް ކޮމްޕެނީ ހާޒިރުވެފައިނުވެއެވެ. އެކަމަކު އެ މެޗުގައި ޓީމަށް ކޮމްޕެނީ ވަނީ އިރުޝާދު ދީފައެވެ.
ބަޔާނުން ބުނީ ކޮމްޕެނީގެ ހާލު ދެރަވީ ބަޔާނުގެ ދެވަނަ ޓީމުގެ ޓްރެއިނިންގައި ހުއްޓައި ކަމަށެވެ. އަދި ކޮމްޕެނީގެ ހާލު ދެރަވުމުން ވަގުތުން އެމްބިއުލާންސްގައި ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފެށިކަމަށެވެ. އަދި ކޮމްޕެނީ މިވަގުތު އޮތީ ހޮސްޕިޓަލުގެ މެޑިކަލް އޮބްޒަވޭޝަނުގައިކަމަށް ބަޔާނުން ހާމަކޮށްފައިވެއެވެ.
ބަޔާނުން ބުނީ ކޮމްޕެނީ އަލުން ޓީމުގެ ފަރިތަކުރުންތަކާ ގުޅެންދެން އެ ޓީމުގެ ޓްރެއިނިން ކަންތައް ކުރިއަށް ގެންދާނީ ކޮމްޕެނީގެ ކޯޗިން ސްޓާފުން ކަމަށެވެ. އަދި އެ ކުލަބުން މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ ކޮމްޕެނީއަށް އެންމެ ރަނގަޅު ފަރުވާ ދިނުމަށް ކަމަށް ކުލަބުން ވަނީ ބުނެފައެވެ.
ޖަރުމަނު ލީގުގައި ބަޔާނުން ދެން އެންމެ އަވަހަށް މެޗެއް ކުޅޭނީ އަންނަ އާދީއްތަ ދުވަހުގައެވެ. އެ މެޗުގައި ބަޔާން ނުކުންނާނީ ފްރައިބާގާ ދެކޮޅަށެވެ.
ޓްރެއިނިންގައި ހުއްޓައި ކޯޗު ކޮމްޕެނީ ހާލު ދެރަވެ، ހޮސްޕިޓަލަށް
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed