އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއަބާދުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު އަރުވައިފިއެވެ. އެމަނިކުފާނަށް އަރުވާފައިވާފައިވަނީ ހޮނަރަރީ ޑިގްރީ އޮފް ޑޮކްޓަރ އޮފް ޕޮލިޓިކްސް އެންޑް އިންޓަނޭޝަނަލް ރިލޭޝަންސްގެ ޝަރަފެވެ.
ރައީސުލްޖުމްހޫރިއްޔާއަށް ޕާކިސްތާނުގެ އިސްލާމިކް ޔުނިވާސިޓީގެ ފަރާތުން އޮނަރަރީ ޑޮކްޓަރޭޓް އަރުވާފައިވަނީ ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒު ޝަރީފްއާއެކު ބޭއްވި މަޝްވަރާތަކަށް ފަހު ދެ ޤައުމުގެ ވެރިން ދެއްވި ބަޔާނަށް ފަހުއެވެ. މިޝަރަފު އެރުވުމަށް ވަކިން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒު ޝަރީފްއެވެ. ރައީސުލްޖުމްހޫރިއްޔާއަށް މި ޝަރަފު އެ ޔުނިވާސިޓީގެ ފަރާތުން އަރުވާފައިވަނީ ޑިރެކްޓަރ އައިއައިޔޫއައި ޕްރޮފެސަރ ޑރ. ސާދިލް އަހުމަދެވެ.
ރައީސުލްޖުމްހޫރިއްޔާއަށް މި ޝަރަފު އަރުވާފައިވަނީ، އެމަނިކުފާނު ރާއްޖޭގެ އާންމު ޚިދުމަތް ކުރިއެރުވުމަށް ކޮށްދެއްވާފައިވާ މަސައްކަތާއި، އެމަނިކުފާނުގެ އިސްނެންގެވުމުގެ ދަށުން އިދާރާތައް ތަރައްޤީކޮށްދެއްވާފައިވާ މަސައްކަތުގެ އިތުރަށް ހިންގުމުގެ ދައިރާގައި ހޯދާފައިވާ ކުރިއެރުންތަކުގެ އަގުވަޒަން ކުރުމަށެވެ.
އައިއައިޔޫއައިގެ އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު ރައީސަށް އަރުވައިފި
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed