ދުނިޔޭގޭ ކާބޯތަކެތީގެ ދުވަހާ ގުޅުވައިގެން އައްޑޫ މީދޫގައި ކާބޯތަކެތީގެ މައުރަޒެއް ބާއްވައިފިއެވެ.

މި މައުރަޒު ހުޅުއްވައިދެއްވީ މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމެވެ. މި މައުރަޒަކީ އައްޑޫ މީދޫ ކައުންސިލުން އިސްނަގައިގެން، ރަށުގެ ދަނޑުވެރިކަމާއި ކާބޯތަކެތި އުފެއްދުމުގެ ދާއިރާ ކުރިއެރުވުމަށް ބޭއްވި މައުރަޒެކެވެ.

މީދޫ ކައުންސިލުން ވިދާޅުވީ މިފަދަ މައުރަޒެއް ބޭއްވުމުގެ އެންމެ ބޮޑު ބޭނުމަކީ ރަށު ފެންވަރުގަޔާއި ޤައުމީ ފެންވަރުގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބާރުއެޅުމާއެކު އަމިއްލަ އުފެއްދުންތެރިކަން އިތުރުކޮށް، ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށްޓަކައި ފައިދާހުރި ކާބޯތަކެތި ބޭނުންކުރުމުގެ މުހިންމުކަން އަންގައިދިނުންކަމަށެވެ.

ތަފާތު އެކި ބާވަތްތަކާއެކު އައްޑޫ މީދޫގައި ކާބޯތަކެތީގެ މައުރަޒެއް
ތަފާތު އެކި ބާވަތްތަކާއެކު އައްޑޫ މީދޫގައި ކާބޯތަކެތީގެ މައުރަޒެއް

ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، ކާބޯތަކެތީގެ މައުރަޒުތައް އެކި ސިފަސިފައިގައި ބޭއްވުމަކީ ވަރަށް މުހިންމުކަމެއްކަމަށެވެ.

މިކަހަލަ މައުރަޒުތަކުން ރާއްޖޭގެ އުފެއްދުންތެރިކަން ފެނިގެންދާކަން ފާހަގަކުރައްވާ، ސަގާފަތާގުޅިފަިއވާ މިފަދަ ކަންކަމަކީ އަބަދުވެސް ދިރުވަން ޖެހޭ ކަންކަންކަމަށް ވަޒީރު ވިދާޅުވިއެވެ.

"އަދިވެސް ވަރަށް ބޮޑަށް އެބޭފުޅުންގެ އެހީތެރިކަން ބޭނުންވޭ، މިތަކެތި ބާޒާރަށް ލިންކް ކޮށްދިނުމުގައި އިނގޭތޯ. ވަރަށް ބައިވަރު ޓޫރިސްޓުން އެބަ ޒިޔާރަތްކުރޭ. އަޅުގަނޑަށް ހަމަ ޔަޤީން މިބޭފުޅުންގެ މިއުފެއްދުންތައް އަޅުގަނޑުމެންނަށް އާންމު ޑޮމެސްޓިކް ބާޒާރަށްވެސް ތަންކޮޅެއް ރަނގަޅަށް ނެރެވޭނެ އިންތިޒާމްތަކެއް ހަމަޖެހިއްޖެކަމަށްވާނަމަ މިބޭފުޅުންގެ އުފެއްދުންތެރިކަން އިތުރުކުރެވިގެންދާނެ އިނގޭތޯ." ވަޒީރު ވިދާޅުވިއެވެ.

ތަފާތު އެކި ބާވަތްތަކާއެކު އައްޑޫ މީދޫގައި ކާބޯތަކެތީގެ މައުރަޒެއް
ތަފާތު އެކި ބާވަތްތަކާއެކު އައްޑޫ މީދޫގައި ކާބޯތަކެތީގެ މައުރަޒެއް

މި މައުރަޒުގައި ހުޅުދޫ އަދި މީދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި، އެކި ފަރާތްތަކުންވަނީ ކެއުންބުއިމުގައި ބޭނުންކުރާ ކާބޯތަކެތީގެ ބާވަތްތައް ބައިވެރިކޮށްފައެވެ. މީގެ ތެރޭގައި އިހު ޒަމާނުގައި ތައްޔާރުކޮށް ބޭނުންކުރި ތަފާތު އެކި ބާވަތްތައްވެސް ހިމެނެއެވެ. މައުރަޒުގައި ބައިވެރިވި ބައެއް ފަރާއްތަކުން ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން ވަނީ މިފަދަ މައުރަޒުތައް ބޭއްވުމުގެ މުހިންމުކަން ފާހަގަކޮށްފައެވެ.

ރަށުގެ ދަނޑުވެރިންނާއި، ގޭގައި ތިބެގެން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ހިންގާ ކަނބަލުންނާއި ޒުވާނުންގެ ގިނަ ބާވަތްތަކެއް މި މައުރަޒުގައި ވަނީ ހިމަނާފައެވެ. މީދޫ، އަދި ހުޅުދޫ ހިމެނޭހެން މި މައުރަޒަށް ގިނަ ބަޔަކު ވަނީ ޒިޔާރަތްކޮށްފައެވެ. މި މައުރަޒު ބާއްވާފައިވަނީ ތަފާތު އެކި ވަނަތައްވެސް ހިމަނައިގެންނެވެ.