އެއްގަމު ދަތުރުފަތުރުގެ ނިޒާމު ވަރުގަދަކޮށް ޤާނޫނު ތަންފީޒުކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށްޓަކައި ޑިޖިޓަލް ނުވަތަ އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކުރަން ފެށުމަށް ހަމަޖެހިފައިވާ ކަމަށް އިގުތިޞާދީ ތަރައްޤީއާ ދަތުރުފަތުރާ ވިޔަފާރިއާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ދަތުރުފަތުރާބެހޭ ވުޒާރާއިން ވިދާޅުވީ، އެއްގަމު ދަތުރުފަތުރުގެ ނިޒާމު ވަރުގަދަކޮށް ޤާނޫނު ތަންފީޒުކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށްޓަކައި، މި ޤާނޫނާއި އަދި މި ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކާ ޚިލާފުވާ ފަރާތްތަކާމެދު، މި އިޢުލާނު ޝާއިޢުކުރާ ތާރީޚުން ފެށިގެން 7 ދުވަހުގެ ފަހުން، ޑިޖިޓަލް އަދި އިލެކްޓްރޯނިކް ވަސީލަތްތަކާއި ޚާއްޞަ އެޕްލިކޭޝަންތައް މެދުވެރިކޮށް ތަންފީޒީ އިދާރާގެ ޒިންމާ އަދާކުރަން ފަށާނެ ކަމަށެވެ. އެހެންކަމުން އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި އަދި އެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން، އެންމެހައި ފަރާތްތަކުން އުޅަނދު ދުއްވުމަށާއި ބޭނުންކުރުމަށް އެ ވުޒާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

އިތުރު ތަފުސީލު އަންނަނީ....