އައްޑޫގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ޓްރެފިކްކުރުމުގެ މައްސަލައިގަ ހުކުމްކޮށްފައި ހުއްޓާ ޕެރޯލްގެ ދަށުން ދޫކުރި ޢަބްދުﷲ އިބްރާހިމް އަލުން ހައްޔަރުކޮށްފިއެވެ.
ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙްސާން ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ ޕެރޯލް ބޯޑުން ޢަބްދުﷲ ދޫކޮށްލީ ޤާނޫނާ ޚިލާފަށް ކަމަށާއި އެހެންވެ އެ ބޯޑުގެ މެންބަރުންނާމެދުވެސް ފިޔަވަޅު އަޅާފައިވާ ކަމަށެވެ. އެގޮތުން، ބޯޑުގެ މެންބަރުން މިހާރު ވަކި ކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
ރާއްޖެއަށް 98 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލަ ސާބިތުވެ ޢަބްދުﷲ ގެ މައްޗަށް ހުކުމް އިއްވީ މިދިޔަ އަހަރުގެ މެއި މަހުގެ 19ގައެވެ. އޭނާގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު ޕެރޯލްގެ ދަށުން އޭނާ ދޫކުރުމުން ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އޭނާ ޕެރޯލްގެ ދަށުން ދޫކޮށްލީ މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ.
ޕެރޯލަކީ، ޖަލު ހުކުމެއް ތަންފީޒުކުރާ ގައިދީއަކު، އޭނާގެ މައްޗަށް ކޮށްފައިވާ ހުކުމުގެ މުއްދަތު ހަމަވުމުގެ ކުރިން ޝަރުތުތަކެއް ކުރުމަށް ފަހު މުޖުތަމައުއަށް އަނބުރާ ދޫކޮށްލުމެވެ.
އިތުރު ތަފްސީލް އަންނަނީ....
ޕެރޯލް ބޯޑުގެ މެންބަރުން ވަކިކޮށް، އަބްދުﷲ އިބްރާހިމް އަލުން ޖަލަށް!
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed