މެލޭޝިއާގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެއެވެ.
މިއަދު ހިނގި ކާރު އެކްސިޑެންޓެއްގައި ނިޔާވެފައިވަނީ ސ.ހިތަދޫ ، މާރިޝް، އުމުރުން 21 އަހަރުގެ އާމިނަތު އިމީލީ ނާޒިމެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓުވީ މެލޭޝިއާގައި "ގްރެބް" ޓެކްސީގައި ދިޔަ ދިވެހި 2 އަންހެން ދަރިވަރުންނެވެ. ނިޔާވި އަންހެން ދަރިވަރުގެ ބޮލަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވެއެވެ. އެކްސިޑެންޓުވި ކާރުގައި އިން ދެވަނަ މީހާގެ ހާލު ސީރިއަސް ނޫންކަމަށް މަޢުލޫމާތު ލިބެއެވެ.
މީސްމީޑިއާގައި ދައުރުވާ ފޮޓޯތަކުން އެނގޭ ގޮތުން އެކްސިޑެންޓުވި ކާރަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.
މެލޭޝިއާގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed