ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްގެ އިންޑަސްޓްރިއަލް ރިލޭޝަން ޑިވިޝަންގެ މެމްބަރު އަލްއުސްތާޛާ ފާޠިމަތު ސައުސަން ނިޔާވެއްޖެއެވެ.
އެނާ ނިޔާވެފައިވަނީ ކެންސަރުގެ ބައްޔަށް ފަރުވާ ހޯއްދެވުމަށްޓަކައި އިންޑިއާގައި ހުންނަވަނިކޮށް ކުއްލިގޮތަކަށް މިއަދު ފަތިހުގެ ވަގުތެއްގައެވެ.
ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް މެމްބަރުކަމަށް ސައުސަން އައްޔަންކުރައްވާފައިވަނީ 2024 ވަނަ އަހަރުގެ އެޕްރީލް މަހުގެ 15 ވަނަ ދުވަހުގައެވެ.
ގާނޫނީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރެއްވި އަލްއުސްތާޛާ ފާޠިމަތު ސައުސަންއަކީ، ގާނޫނީ ވަކީލެއްގެ ގޮތުންނާއި މެންބަރެއްގެ ގޮތުން ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ފަރާތެކެވެ.
ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްގެ މެންބަރު ފާޠިމަތު ސައުސަން ނިޔާވެއްޖެ
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed