އެއާޕޯޓަށް ފުރަން ދިޔަ ދިވެއްސެއްގެ އަތުން ފެނުނީ ވަޒަނެއްގެ ހުސް ދޯރިއެއް ކަމަށާއި މި މައްސަލައިގައި މީހަކު ހައްޔަރު ނުކުރާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުރަން ދިޔަ މީހެއްގެ އަތުގައި ވަޒަނެއް އޮތްކަމަށް ރިޕޯޓްކުރި މައްސަލައެއް ފުލުހުން ވަނީ ބަލާފައެވެ.

ފުލުހުން ވިދާޅުވީ، މިއަދު ހެނދުނުގެ ވަގުތެއްގައި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ޑޮމެސްޓިކް ޓާމިނަލުން ފުރަން ގޮސް ހުރި ދިވެހި ފިރިހެނެއްގެ އަތުން ފެނުނީ ވަޒަނެއްގެ ހުސް ދޯރިއެއް ކަމަށެވެ.

އަދި މި މައްސަލައާ ގުޅިގެން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ނުވާކަމަށެވެ.

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.