ތުރުކީވިލާތުގެ އިސްތަންބޫލުގައި ބާއްވާ 11 ވަނަ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން، އޯއައިސީ ހަލާލް އެގްޒިބިޝަން އަދި 12 ވަނަ ވޯލްޑް ހަލާލް ސަމިޓުގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ ވިޔަފާރިތަކަށް ހުޅުވާލައިފިއެވެ. މި މައުރަޒުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ 2026 ވަނަ އަހަރުގެ ނޮވެންބަރު 25 އިން 28 އަށެވެ.
މި މަޢުރަޒުގައި ރާއްޖޭގެ ކުންފުނިތަކާއި ހަލާލް ވިޔަފާރީގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ބައިވެރިވުމަށް، މައުރަޒު އިންތިޒާމުކުރާ ފަރާތުން ދަޢުވަތު އަރުވާފައިވާކަން ތުރުކީވިލާތުގެ ސަރުކާރުން ވަނީ ހާމަކޮށްފައެވެ.
Maldivian businesses are invited to participate in the upcoming 11th OIC Halal Exhibition and 12th World Halal Summit 2026.
📍Istanbul, Türkiye
🗓 25 - 28 November 2026
For more details, visit:https://t.co/B6PEebhyBfpic.twitter.com/7IuGtZIFua— Ministry of Economic Development,Transport & Trade (@MoEDmv)September 30, 2026
މި މަޢުރަޒު އަދި ސަމިޓުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން، ރަސްމީ ވެބްސައިޓް މެދުވެރިކޮށް އޮންލައިން އެޕްލިކޭޝަން ފުރިހަމަކުރުމަށްފަހު، އެ މައުލޫމާތު[email protected]އަށް އީމެއިލް ކުރެއްވުމަށް ވަނީ ވިޔަފާރިއާބެހޭ ވުޒާރާއިން ވަނީ އެދިވަޑައިގެންފައެވެ.
ވިޔަފާރިއާބެހޭ ވުޒާރާއިން ވިދާޅުވީ، މި ސިނާއަތުގައި ހަރަކާތްތެރިވާ ވިޔަފާރިވެރިން، އިންވެސްޓަރުން، އަދި ސަރުކާރާއި އަމިއްލަ ފަރާތްތަކަށް ވިޔަފާރީގެ ގުޅުން ބަދަހިކުރުމުގެ ޕްލެޓްފޯމެއް ފޯރުކޮށްދިނުމަކީވެސް މި ހަރަކާތުގެ މުހިންމު ލަނޑުދަނޑިއެއް ކަމަށެވެ. މި މަޢުރަޒުގައި ހަލާލް ކާބޯތަކެތި، ކޮސްމެޓިކްސް، ފައިނޭންސް، ފެޝަން، ޓޫރިޒަމް އަދި ހެލްތްކެއާ ފަދަ ސިނާއަތްތަކުގެ އާ އުފެއްދުންތައް ދައްކާލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ވިޔަފާރިއާބެހޭ ވުޒާރާއިން ވިދާޅުވީ، މި މައުރަޒުގެ ސަބަބުން އިންވެސްޓްމަންޓާއި އެކްސްޕޯޓް އަދި އިޤްތިޞާދީ ކުރިއެރުން އިތުރުވެގެންދާނެ ކަމަށެވެ. އަދި މި ސިނާއަތުގެ މުހިންމު މައުޟޫތަކާ ގުޅޭގޮތުން ކޮންފަރެންސްތަކާއި، ޕެނަލް ޑިސްކަޝަންތައް ބާއްވައި، މައުލޫމާތާއި ތަޖުރިބާ ބަދަލުކުރުމުގެ ގިނަ ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަށްވެސް އެވުޒާރާއިން ވިދާޅުވިއެވެ.
އިގުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ދަތުރުފަތުރާބެހޭ ވުޒާރާއިން އަބަދުވެސް އަންނަނީ ރާއްޖެއިން ބޭރުގައި ބާއްވާ އެކިއެކި މައުރަޒުތަކުގައި ދިވެހި ވިޔަފާރިތަކަށް ބައިވެރިވުމުގެ ފުރުސަތުތައް ފަހިކޮށްދެމުންނެވެ. އަދި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭރުގެ މާކެޓްތަކަށް ތަކެތި ވިއްކޭނެ އިންތިޒާމުތައްވެސް ދަނީ ހަމަޖައްސަމުންނެވެ.