ފާއިތުވެދިޔަ އަހަރުތަކުގައި، ރާއްޖެއާ ޗައިނާގެ ގުޅުން ވަނީ އައު އުސްމިންތަކަކަށް ގޮސްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޗައިނާގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވެވި ތަހުނިޔާގެ މެސެޖުގައެވެ. ސޯޝަލް މީޑީއާގައި ކުރެއްވި ޕޯސްޓެއްގައި އެ މަނިކުފާނު ވަނީ ޗައިނާގެ ރައީސަށާއި އެ ޤައުމުގެ ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ ފޮނުއްވާފައެވެ.
"ޗައިނާ ރިޕަބްލިކް އުފެދުނުތާ 77 އަހަރު ފުރުނު އުފާވެރި މުނާސަބަތުގެ ހެޔޮއެދުމާއި ތަހުނިޔާ، އެ ގައުމުގެ ނައިބު ރައީސް ހަންގް ޒެންގް އަށާއި ޗައިނާގެ އެކުވެރި ރައްޔިތުންނަށް އަޅުގަނޑު އިޚްލާޞްތެރިކަމާއެކު ފޮނުވަން." ނައިބު ރައީސް ވިދާޅުވިއެވެ.
I would like to convey my heartfelt greetings and best wishes to His Excellency Hang Zheng, Vice President and the friendly people of China, on the joyous occasion of the 77th Anniversary of the Founding of the People’s Republic of China.
The Maldives-China ties have…— Hussain Mohamed Latheef (@HucenSembe)October 1, 2026
ކުރިއަށް އޮތް އަހަރުތަކުގައިވެސް ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް އެކުވެރިކަމާއި، އެކަކު އަނެކަކަށް އޮންނަ އިތުބާރާއި ދެނެގަތުމުގެ ވަރުގަދަ ގުޅުން އިތުރަށް ބަދަހިވަމުންދާނ ކަމުގެ ފުރިހަމަ ޔަޤީންކަން އޮތްކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ.
އޮކްޓޫބަރުމަހުގެ 1ވަނަ ދުވަ ޗައިނާގެ ޗައިނާގެ ޤައުމީ ދުވަސް ފާހަގަކުރާއިރު، މި ދުވަސް ފާހަގަކުރަނީ 1949 ވަނަ އަހަރު ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އުފެދުނު ދުވަހާ ގުޅިގެންނެވެ. އެއީ 23 އަހަރަށް ދެމިގެންދިޔަ ޗައިނާގެ ދާޚިލީ ހަނގުރާމައިގައި، އެ ޤައުމުގައި ކުރިން ވެރިކަން ކުރަމުން އައި ޗައިނީސް ނެޝަނަލިސްޓް ޕާޓީގެ މައްޗަށް ޗައިނީސް ކޮމިއުނިސްޓް ޕާޓީން ކާމިޔާބު ހޯދި ދުވަހުގެ ގޮތުގައެވެ.
ރާއްޖެއާއި ޗައިނާއާ ދެޤައުމުގެ ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރީ 1972 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހުއެވެ. މިއީ ދެ ޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމްކުރިތާ 54 އަހަރު ފުރޭ އަހަރެވެ.