ނޭޕާލަށް ވާރޭވެހި ފެންބޮޑުވުމާއި ގުޅިގެން ހިނގި ހާދިސާތަކުގައި މަރުވި މީހުންގެ ޢާއިލާތަކަށް ރައީސުލްޖުމްހޫރިއްޔާ ތަޢުޒިއްޔާ ވިދާޅުވެއްޖެއެވެ.

މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އެޤައުމުގެ ބޮޑުވަޒީރު ލެންޑްރާ ޝާހު ޓެގް ކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ނޭޕާލަށް ވިއްސާރަކޮށް ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން މީހުން މަރުވުމުގެ ހިތާމައިގަ ބައިވެރިވާ ކަމަށެވެ.

މިހާދިސާގައި މަރުވި މީހުންގެ ޢައިލާތަކަށް ތަޢުޒިޔާ ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ އެއައިލާތަކާއި ގެއްލުނު މީހުންގެ އާއިލާތަކާއެކު އެކު އެމަނިކުފާނު ހުންނެވި ކަމަށް ވިދާޅުވެފައެވެ. އަދި މި ހާދިސާގެ އަސަރުކޮށްފައިވާ އެންމެހާ ފަރާތްތަކަށް ރައްކާތެރިކަމާއި، ހިތްވަރާއި، އަދި އަވަސް ޝިފާއަކަށް އެމަނިކުފާނު ވަނީ އެދިލައްވާފައެވެ.

ނޭޕާލަށް ކުރި ވިއްސާރަގައި މިހާތަނަށް 14 މީހަކު މަރުވެ އެތައް ބަޔަކު ގެއްލިފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.