ޕްރޮސިކިއުޝަން މަރުޙަލާގައި އާރޓިފިޝަލް އިންޓަލިޖެންސް ބޭނުންކުރުމާއި ގުޅޭގޮތުން ރާއްޖެއިން އެކުލަވާލާފައިވާ އޮނިގަނޑު ދުނިޔޭގެ އެހެން ޤައުމުތަކަށް ހިލޭ ފޯރުކޮށްދޭނެކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛު ޢައްބާސް ޝަރީފް ވިދާޅުވެއްޖެއެވެ.
އދ.ގެ 15ވަނަ ކްރައިމް ކޮންގްރެސް އެންސިލަރީ މީޓިންގައި ރާއްޖޭގެ ފަރާތުން ބަޔާން އިއްވަވަމުން ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޢައްބާސް ޝަރީފް ވަނީ 2025ވަނަ އަހަރު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރެއްވި "މޯލްޑިވްސް 2.0" ތަސައްވުރުގައި ހިމެނޭ ކަންކަމަށް އަލިއަޅުއްވާލައްވައި އެމަގުން ކުރިއަށްދިއުމުން ރާއްޖެފަދަ ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ ޤައުމެއްގައި ހުރިހާ ފަރާތްތަކަށްވެސް ހަމައަމައަށް ޚިދުމަތް ފޯރުކޮށްދެވޭނެކަން ފާހަގަކުރައްވާފައެވެ.
"މޯލްޑިވްސް 2.0" ތަސައްވުރާ އެއްގޮތަށް، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މަސައްކަތްތައް މުޅިން ޑިޖިޓައިޒްކޮށް، އޮފީހުގެ މަސައްކަތުގައި ޕްރޮސިކިއުޝަން މަސައްކަތަށް ޚާޢްޞަ އޭއައި ބޭނުންކުރަން ފަށާފައިވާއިރު، ޕީޖީ އޮފީހަކީ އެތަސައްވުރަށް ވާސިލުވި ރާއްޖޭގެ ފުރަތަމަ މުއައްސަސާކަންވެސް ޕީޖީ ފާހަގަކުރެއްވިއެވެ.
"ޕީޖީއޯ 2.0"ގެ ތެރެއިން އާޓިފިޝަލް އިންޓެލިޖަންސް، އޭއައި ބޭނުންކުރަން ފެށިނަމަވެސް މައްސަލަތަކުގައި ދައުވާ ކުރުމާ ގުޅޭ ނިންމުންތައް ނިންމާނީ ޕްރޮސިކިއުޓަރުން އަމިއްލައަށް ކަމަށާއި އެ އޮފީހުން އޭއައި ބޭނުންކުރަނީ ޕްރޮސިކިއުޓަރުންގެ މަސައްކަތުގައި އެހީތެރިވާނެ އެސިސްޓެންޓެއްގެ ގޮތުގައެވެ.
Maldives to make its prosecution AI governance framework and training curriculum available to other jurisdictions at no cost.
Delivering the Statement of the Republic of Maldives at the High-Level Segment of the 15th UN Crime Congress, Prosecutor General Justice (Retired) Uz.…pic.twitter.com/cGjeUojbLM— Prosecutor General’s Office (@PGO_MV)September 27, 2026
އޭއައިގެ އެހީތެރިކަން ހޯދިނަމަވެސް، އެކި މައްސަލަތަކުގައި ދަޢުވާކުރުމާ ގުޅޭކަންކަން ވީހާވެސް ރަނގަޅަށް ކުރިއަށް ގެންދާނީ ޤާުނޫނީ އޮނިގަނޑެއްގެ ތެރެއިންކަމަށާއި، ކޯޓުތަކަށް މައްސަލަ ހުށަހަޅާއިރު، އޭއައި ބޭނުންކޮށްފައިވާނަމަ އެކަން ހާމަވާނެކަމަށް ވިދާޅުވިއެވެ. އަދި "ޕީޖީއޯ 2.0"ގެ ކަންކަން 2028 ވަނަ އަހަރުގެ ނިޔަލަށް ނިންމައި، ބޭނުންވާ ޤައުމަތަކަށް އޮނިގަނޑު ހިލޭ ފޯރުކޮށްދެވޭނެކަމަށްވެސް ޕީޖީ ވިދާޅުވިއެވެ.
މިއަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި ރާއްޖޭގައި ސައިބަރ ކްރައިމް ދެގުނަ އިތުރުވެފައިވާކަން ފާހަގަކުރައްވާ ޕީޖީ ވިދާޅުވީ އެކި ސަބަބުތަކާ ހެދި އެފަދަ ކުށްތަކާ ގުޅިގެން ޕީޖީގެ އޮފީހަށް ހުށައަޅާފައިވަނީ އޭގެތެރެއިން ނިސްބަތުން މަދު މައްސަލަތަކެއްކަމަށެވެ. އެގޮތުން ހެކި ނުލިބުމާއި މާލީ މައްސަލަތަކާއި، މައްސަލައިގައި ހިމެނޭ ފަރާތް އެހެން ޤައުމެއްގައި ހުރުންފަދަ ކަންކަން ޕީޖީ ފާހަގަކުރެއްވިއެވެ.
އެކަމަށް ހައްލެއް ގެނައުމަށް މިއަހަރުގެ ތެރޭގައި ޤާނޫނުލްއުޤޫބާތަށާއި، ޖިނާޢީ އިޖުރާޢަތުގެ ޤާނޫނާއި، ޖިނާޢީ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ޤާނޫނު، ބުޑަޕެސްޓް ކޮންވެންޝަނާއި އެއްގޮތްވާގޮތަށް އިސްލާޙުކޮށްފައިވާކަމަށް ޕީޖީ ވިދާޅުވިއެވެ.
އދ.ގެ 15 ވަނަ ކޮންގްރެސް އޮން ކްރައިމް ޕްރިވެންޝަން އެންޑް ކްރިމިނަލް ޖަސްޓިސް ކުރިއަށްދަނީ މިމަހުގެ 26 އިން އަންނަ މަހުގެ 1 އަށް އަބޫދާބީގައެވެ.