ޔަހޫދީން ދެކެނު ލުބުނާނަށް ދެމުންދާ ހަމަލާތަކުގެ އައު މަރުހަލާއެއް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް މަސްދަރުތަކުން ބުނެފިއެވެ.
މި އަހަރުގެ ޖޫން މަހުގެ ތެރޭގައި އެމެރިކާގެ އެހީތެރިކަމާއެކު ޔަހޫދީންނާއި ލުބުނާންއާ ދެމެދު ވަނީ ހަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އޮނިގަނޑެއް އެކުލަވާލައި އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ނަމަވެސް ޔަހޫދީން އަދިވެސް ދަނީ އެ އެއްބަސްވުމާ ޚިލާފަށް ދެކުނު ލުބުނާނަށް ހަމަލާތައް ދެމުންނެވެ.
އެނގިފައިވާ ގޮތުގައި ޔަހޫދީން ‘ރީނދޫ ޒޯން’ގެ ގޮތުގައި ފާހަގަކޮށްފައިވާ ސަރަޙައްދުގައި ސިފައިން ޙަރަކާތްތެރިވާ ގޮތަށް ބަދަލު ގެނައުމަށް ވަނީ ނިންމައިފައެވެ. އެ ގޮތުން އެ ސަރަޙައްދުގައި ތިބި ސިފައިންގެ ޢަދަދު މަދުކޮށް އެހެން ސަރަޙައްދުތަކަށް ބަދަލުކުރުން ހިމެނެއެވެ.
މިދިޔަ އޭޕްރިލް މަހު ޔަހޫދީން ވަނީ ދެކުނު ލުބުނާނުގައި ‘ރީނދޫ ރޮނގު’ ކިޔާ
ރޮނގެއް ޤާއިމްކޮށް، އެއީ ޔަހޫދީންގެ ބާރުގެ ދަށުގައި އޮތް ބަފަރ ޒޯންއާއި ލުބުނާނުގެ އެހެން ސަރަޙައްދުތައް ވަކިކޮށްދޭ ރޮނގަކަށް ހަދާފައެވެ. އެ ރޮނގު ލުބުނާނުގެ ގާތްގަނޑަކަށް 10 ކިލޯމީޓަރުގެ ސަރަޙައްދަކަށް ފޯރައެވެ. ޔަހޫދީން ޤަބޫލުކުރާ ގޮތުގައި ރީނދޫ ރޮނގާއި ސަރަޙައްދީ ރޮނގާ ދެމެދު އޮންނަ ސަރަޙައްދަކީ ސަލާމަތީ ބަފަރ ޒޯންއެކެވެ. ނަމަވެސް ލުބުނާނުގެ ބިންތަކުގައި ޔަހޫދީ އަސްކަރިއްޔާއިން ޙަރަކާތްތެރިވުމަށް އެ ޤައުމުން ދެކޮޅުހަދައެވެ. އަދި ޔަހޫދީ ސިފައިން އެ ޤައުމުން ފޭބުމަށް ލުބުނާނުން ދަނީ ތަކުރާރުކޮށް ގޮވައިލަމުންނެވެ.
ރިޕޯޓުތަކުގައި ބުނީ ޔަހޫދީންގެ ވިސްނުން ހުރީ އެ ސަރަޙައްދުގައި ގިނަ ދުވަސްތަކެއް ވަންދެން ދެމި ތިބުމަށެވެ. އެ ގޮތުން އިތުރު އަސްކަރީ މަޤާމުތައް ފާހަގަކޮށް އައު ރޮނގެއް ޤާއިމް ކުރުމަށް ޔަހޫދީން ދަނީ މަސައްކަތް ކުރަމުންނެވެ. އޭގެ އިތުރުން ޙިޒްބުاللهއާ ދެކޮޅަށް އަސްކަރީ ޙަރަކާތްތައް ހިންގުމަށް ވެސް ޔަހޫދީން ވަނީ ނިންމާފައެވެ.
ޔަހޫދީން ލުބުނާނަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 4،386 މީހުން މަރުވެ، 12،407 މީހުންނަށް ވަނީ ޒަޚަމްވެފައެވެ. މާރިޗު މަހުގެ 2ވަނަ ދުވަހުން ފެށިގެން މިހާތަނަށް އެ ޤަައުމުގެ މިލިޔަނަކަށް ވުރެ ގިނަ މީހުންނަށް ގެދޮރު ދޫކޮށް ދިޔުމަށް މަޖުބޫރުވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
ލުބުނާނަށް ހަމަލާ ދިނުމުގެ އައު މަރުހަލާއަކަށް ޔަހޫދީން ތައްޔާރު ވަނީ
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed