ނިމުނު ހަފުތާ ފާހަގަކުރެވުނީ ރާއްޖޭގެ އުމްރާނީ ތަރައްޤީގެ ދާއިރާއަށް ސަރުކާރުން ގެންނަވަން ނިންމަވާފައިވާ ކުރިއެރުންތައް ގެނެސްދިނުމުގައި މުހިންމު ކާމިޔާބީއަކަށް ވާސިލުވުމަށް ޚާއްސަ ފިޔވަޅުތަކެއް އެޅުނު ހަފުތާއެއްގެ ގޮތުގައެވެ.

ނިމުނު ހަފުތާ: 20 ބިލިޔަން ޑޮލަރުގެ ބިޔަ މަޝްރޫއާއެކު، ތަރައްޤީގެ އައު ސަފުހާއެއް
ނިމުނު ހަފުތާ: 20 ބިލިޔަން ޑޮލަރުގެ ބިޔަ މަޝްރޫއާއެކު، ތަރައްޤީގެ އައު ސަފުހާއެއް

ރަސްމާލޭގައި 20 ބިލިޔަން ޑޮލަރުގެ ބިޔަ މަޝްރޫޢެއް

ރަސްމާލޭގައި 20 ބިލިޔަން ޑޮލަރުގެ ވޯޓަރފްރަންޓް އަދި މެރީނާ ޕްރޮޖެކްޓެއް ތަރައްޤީކުރުމަށް އަބޫދާބީގެ މަޝްހޫރު ޑިވެލޮޕަރ "އީގަލް ހިލްސް" އާއި ދިވެހި ސަރުކާރާ ދެމެދު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.

މިއީ ދިވެހިރާއްޖޭގައި މިހާތަނަށް ހިންގާ ބޭރުގެ އެންމެ ބޮޑު އެއް އިންވެސްޓްމަންޓް މަޝްރޫޢެވެ. މި މަޝްރޫޢުގެ ތެރެއިން ޖުމްލަ 30 ބިލިޔަން ޑޮލަރަށް ވުރެ ގިނަ ބޭރުގެ އިންވެސްޓްމަންޓް ލިބި، ރާއްޖެއަށް ސާފު ފޮރިން އިންވެސްޓްމަންޓްގެ ގޮތުގައި ގާތްގަނޑަކަށް 18 ބިލިޔަން ޑޮލަރު ވަންނާނެ ކަމަށް ލަފާކުރެވެއެވެ. މީގެއިތުރުން، ސީދާ އަދި ނުސީދާ ގޮތުން 54،000 އަށް ވުރެ ގިނަ ވަޒީފާގެ ފުރުޞަތު އުފެދި، މަޝްރޫޢު ފުރިހަމަވުމުން އަހަރަކު އެއް މިލިޔަނަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށް، ފަތުރުވެރިކަމުގެ ދާއިރާއިން އަހަރަކު 2 ބިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް ބެލެވެއެވެ.

އަދި މި މަޝްރޫޢު ފެށިގެންދާނީ 5000 ހައުސިންގ ޔުނިޓާއެކުގައެވެ. ހުޅުމާލޭގައި ކުރިއަށްގެންދަން ސަރުކާރުން ނިންމަވާފައިވާ ބޯހިޔާވަހިކަމުގެ މި މަޝްރޫޢު އަންނަ އަހަރު ފެށުމަށް ވަނީ ހަމަޖެހިފައެވެ.

ނިމުނު ހަފުތާ: 20 ބިލިޔަން ޑޮލަރުގެ ބިޔަ މަޝްރޫއާއެކު، ތަރައްޤީގެ އައު ސަފުހާއެއް
ނިމުނު ހަފުތާ: 20 ބިލިޔަން ޑޮލަރުގެ ބިޔަ މަޝްރޫއާއެކު، ތަރައްޤީގެ އައު ސަފުހާއެއް

(ސެޕްޓެމްބަރ 18) ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީގެ 2028ވަނަ އަހަރު ރިޔާސީ ޓިކެޓް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އަރުވާފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. ޕީއެންސީގެ މަތީ މަޖިލިސް ނިންމުމުގެ ރަސްމިއްޔާތުގައި އެމަނިކުފާނާ ޓިކެޓް ހަވާލުކޮށްދެއްވީ އެ ޕާޓީގެ ޗެއަރޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲއެވެ. ޕީއެންސީގެ 2028ވަނަ އަހަރުގެ ރިޔާސީ ޓިކެޓް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އަރުވާފައިވަނީ ދެވަނަ ދައުރަކަށް ވާދަކުރެއްވުމަށް އެމަނިކުފާނަށް ދެންނެވުމަށް ޕާޓީން ޤަރާރެއް ފާސްކުރުމާ ގުޅިގެންނެވެ. މި ޤަރާރު ޕީއެންސީގެ މަތީ މަޖިލީހުން ފާސްކޮށްފައިވަނީ 1119 މެންބަރުންގެ އިއްތިފާގުންނެވެ.

ނިމުނު ހަފުތާ: 20 ބިލިޔަން ޑޮލަރުގެ ބިޔަ މަޝްރޫއާއެކު، ތަރައްޤީގެ އައު ސަފުހާއެއް
ނިމުނު ހަފުތާ: 20 ބިލިޔަން ޑޮލަރުގެ ބިޔަ މަޝްރޫއާއެކު، ތަރައްޤީގެ އައު ސަފުހާއެއް

(ސެޕްޓެމްބަރ 18) ޕީޕަލްސް ނޭޝެނަލް ކޮންގްރެސް، ޕީއެންސީގެ މަތީ މަޖިލިސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ކުރީ ސަރުކާރުތަކުން އެކި ގޮތްގޮތުން ނަގާފައިވާ ދަރަނީގެ ތެރެއިން މިހާތަނަށް 1.3 ބިލިޔަން ޑޮލަރު އަދުގެ ސަރުކާރުން ދައްކާ ޚަލާސްކޮށްފައިވާކަމަށް ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިއީ ދަރަނިން ސަލާމަތްވެ، ހަރުމުދާތައް ރަހުނުން ސަލާމަތްކުރަން ސަރުކާރުން ގެންގުޅުއްވާ ސިޔާސަތު ތަންފީޒުކުރުމުގައި ލިބުނު މުހިންމު ކުރިއެރުމެއްކަމަށެވެ.

(ސެޕްޓެމްބަރ 23) ރާއްޖެއާއި ސަޢުދީ ޢަރަބިއްޔާއާ ދެމެދު އޮތީ ޑިޕްލޮމެޓިކް ގުޅުމަކަށްވުރެ މާ ވަރުގަދަ ގުޅުމެއް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ ބުދަ ދުވަހުއެވެ. ސަޢޫދި އަރަބިއްޔާގެ 96 ވަނަ ޤައުމީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖެ އާއި ސަޢުދީގެ ގުޅުން ބަދަހިވަނީ، ދެ ޤައުމުން ގެންގުޅޭ ދީނީ ހަމަތަކާއި، އެއްގޮތް ޤަބޫލުކުރުންތަކުގެ ސަބަބުންކަމަށެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އޮތީ އުޚުވަތްތެރި ގުޅުމެއްކަމަށް އެ މަނިކުފާނު ސިފަކުރެއްވިއެވެ.

ނިމުނު ހަފުތާ: 20 ބިލިޔަން ޑޮލަރުގެ ބިޔަ މަޝްރޫއާއެކު، ތަރައްޤީގެ އައު ސަފުހާއެއް
ނިމުނު ހަފުތާ: 20 ބިލިޔަން ޑޮލަރުގެ ބިޔަ މަޝްރޫއާއެކު، ތަރައްޤީގެ އައު ސަފުހާއެއް

(ސެޕްޓެމްބަރ 24) ޗައިނާ-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ތެރެއިން އިތުރު ފުރުޞަތުތައް ފަހިވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާލުވީ ބުރާސްފަތި ދުވަހުއެވެ. ޗައިނާގެ 77 ވަނަ ޤައުމީ ދުވަހުގެ މުނާސަބާގައި ރާއްޖޭގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ޗައިނާގެ ޤައުމީ ދުވަހުގެ ތަހުނިޔާ އެ ޤައުމުގެ ރައީސް ޝީ ޖިންގްޕިން އަދި އެ ޤައުމުގެ ސަރުކާރައި ރައްޔިތުންނަށް އަރިސްކުރައްވާފައެވެ. އެ މަނިކުފާނުގެ ވާހަކަފުޅު ބިނާ ކުރެއްވީ ދެ ޤައުމުގެ ގާތްގުޅުމަށާއި، ގުޅުމުގެ ފައިދާތަކުގެ މައްޗަށެވެ. ރައީސް ވަނީ ޗައިނާގެ އުމްރާނީ ތަރައްޤީއާއި، ކުރިއެރުމަކީ ދުނިޔެއިން ބަލައިގަނެފައިވާ ކުރިއެރުންތަކެއް ކަމަށް ވިދާޅުވެފައެވެ.

(ސެޕްޓެމްބަރ 24) މާލެއާއި ވިލިމާލޭގެ މަގުތައް ތަރައްޤީކުރުމާއި ވިލިމާލެ ހޮސްޕިޓަލު ތަރައްޤީކުރުމުގެ މަސައްކަތް މިއަހަރު ފަހުކޮޅު ނުވަތަ އަންނަ އަހަރު ކުރީކޮޅު ފެށުމަށް ތައްޔާރުވަމުންދާކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިންހުއާން ވަނީ މިރަސްމިއްޔާތުގައި ވިދާޅުވެފައެވެ. ސަފީރު ވަނީ ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮންނަ ގުޅުމާއި، ޗައިނާއިން ރާއްޖޭގައި ކުރިއަށްގެންދާ މަޝްރޫޢުތަކަށް އަލިއަޅުވާލައްވާފައެވެ.

ނިމުނު ހަފުތާ: 20 ބިލިޔަން ޑޮލަރުގެ ބިޔަ މަޝްރޫއާއެކު، ތަރައްޤީގެ އައު ސަފުހާއެއް
ނިމުނު ހަފުތާ: 20 ބިލިޔަން ޑޮލަރުގެ ބިޔަ މަޝްރޫއާއެކު، ތަރައްޤީގެ އައު ސަފުހާއެއް

(ސެޕްޓެމްބަރ 24) ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތުގެ ނަތީޖާ ފާޅުކޮށްފައިވަނީ ބުރަސްފަތިދުވަހުގެ ރޭގައެވެ. މުބާރާތުން ފަޚުރުވެރި އެއްވަނަ އިސްމާޢީލް އިޒުޢާން، އާޔަން އަޙްމަދު ޢިނާން އަދި ޢާއިޝަތު ޒީކް ރިޔާޟު ޙާޞިލުކޮށްފިއެވެ.

މި މުބާރާތުން ފަޚުރުވެރި އެއްވަނަ ޙާޞިލުކުރެއްވި ފަރާތްތަކަށް އިނާމާއި ހަނދާނީ ލިޔުން ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. ފަޚުރުވެރި ވަނަތަކަށް މިއަހަރު ދެވުނު އިނާމުތަކަކީ ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގެ ފިލަޔާއި، ރައީސުލްޖުމްހޫރިއްޔާ ދެއްވާ 1 ލައްކަ ރުފިޔާގެ ފައިސާގެ އިނާމާއި، ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމުތަކާއި، ބޭނުން ރޮނގަކުން ބޭނުން ޤައުމަކުން ޕީއެޗްޑީއަށް ކިޔެވުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަރޝިޕާއި، ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒާއި މޯލްޑިވްސް ޒަކާތު ހައުސްއާއި އިސްލާމިކް ޑިވެލޮޕްމަންޓް ފަންޑު ހިމެނޭހެން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުންދޭ 75 ހާސް ރުފިޔާގެ ފައިސާގެ އިނާމާއި ހަނދާނީ ލިޔުމާއި، ޓްރޮފީއާއި އަދި މޯލްޑިވިސް ޙައްޖު ކޯޕަރޭޝަންގެ ފަރާތުން ދެވުނު ޢުމްރާ ދަތުރެވެ.

ނިމުނު ހަފުތާ: 20 ބިލިޔަން ޑޮލަރުގެ ބިޔަ މަޝްރޫއާއެކު، ތަރައްޤީގެ އައު ސަފުހާއެއް
ނިމުނު ހަފުތާ: 20 ބިލިޔަން ޑޮލަރުގެ ބިޔަ މަޝްރޫއާއެކު، ތަރައްޤީގެ އައު ސަފުހާއެއް

އދ. ގެ 81ވަނަ އާންމު މަޖިލީހުގެ ބައްދަލުވުމުގައި ދިވެހިރާއްޖެ

(ސެޕްޓެމްބަރ 22) އދ. ގެ އާންމު މަޖިލީހުގެ 81ވަނަ ސެޝަންގެ ހައި-ލެވެލް ހަފްތާގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ނިމުނު ހަފުތާގައި ހުންނެވީ ނިއުޔޯކުގައެވެ. ޢާންމު މަޖިލީހުގެ 81 ވަނަ ސެޝަނުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒްއާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ސެކްރެޓަރީ ޖެނެރަލް ވަނީ ދިވެހިރާއްޖެއާއެކު އޮތް އެއްބައިވަންތަކަން ހާމަކުރައްވައި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވަމުންދާ ގޮންޖެހުންތައް ޚާއްޞަ ގޮތެއްގައި ފާހަގަކުރައްވާފައެވެ.

ނިމުނު ހަފުތާ: 20 ބިލިޔަން ޑޮލަރުގެ ބިޔަ މަޝްރޫއާއެކު، ތަރައްޤީގެ އައު ސަފުހާއެއް
ނިމުނު ހަފުތާ: 20 ބިލިޔަން ޑޮލަރުގެ ބިޔަ މަޝްރޫއާއެކު، ތަރައްޤީގެ އައު ސަފުހާއެއް

އަދި އދ. ގެ 81 ވަނަ ޢާންމު މަޖިލީހުގެ، ޢާންމު ބަހުސް ފެށުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ބައިވެރިވެވަޑައިގެންފިއެވެ. މަތީ ފަންތީގެ މި ބައްދަލުވުމަކީ، ދުނިޔެއަށް ކުރިމަތިވެފައިވާ މުހިންމު މައްސަލަތަކާއި، ބައިނަލްއަޤްވާމީ ގުޅުންތަކާ ބެހޭގޮތުން މަޝްވަރާކުރުމަށްޓަކައި ދުނިޔޭގެ ލީޑަރުންނާއި، ދައުލަތްތަކުގެ އިސްވެރިންނާއި، މެންބަރު ޤައުމުތަކުގެ މަންދޫބުން ބައިވެރިވެ ވަޑައިގަންނަވާ ބައްދަލުވުމެކެވެ.

އާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ހަވާސާގައި ކަނޑުގެ ލޮނުގަނޑު އުފުލުމުގެ މައްސަލައަށް އޮތް ޙައްލަކީ ފަހަތަށް ޖެހުން ނޫން ކަމަށާއި، އެއީ ވިލުންތެރިކަން އިތުރުކުރުންކަން ފާހަގަކުރައްވައި، "ހައި-ލެވެލް ޕްލެނަރީ މީޓިންގ އޮން އެޑްރެސިންގ ދަ އެގްޒިސްޓެންޝަލް ތުރެޓްސް ޕޯޒްޑް ބައި ސީ ލެވެލް ރައިޒް" ގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ރާއްޖޭގެ ފަރާތުން ވަނީ ބަޔާން އިއްވަވައިފައެވެ. އަދި ނައިބު ރައީސް ވަނީ ބަނގްލަދޭޝްގެ ބޮޑުވަޒީރު ތާރިޤު ރަޙްމާނާ ބައްދަލުކުރައްވާފައެވެ.

ނިމުނު ހަފުތާ: 20 ބިލިޔަން ޑޮލަރުގެ ބިޔަ މަޝްރޫއާއެކު، ތަރައްޤީގެ އައު ސަފުހާއެއް
ނިމުނު ހަފުތާ: 20 ބިލިޔަން ޑޮލަރުގެ ބިޔަ މަޝްރޫއާއެކު، ތަރައްޤީގެ އައު ސަފުހާއެއް

(ސެޕްޓެމްބަރ 19) ދިވެހި ވަޠަނީ ޚިދުމަތް ނުވަތަ ނޭޝަނަލް ސަރވިސްގެ ތިންވަނަ ބެޗުގެ އަސާސީ ތަމްރީނުތައް ނިންމައި 341 ދަރިވަރުން މިވަނީ ދަސްވެނިވެފައެވެ. ޅ. މާފިލާފުށީގައި ހުންނަ އެމްއެންޑީއެފްގެ ކޮމްޕޮސިޓް ޓްރެއިނިން ސެންޓަރުގައި ބޭއްވި ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިފާޢީ އަދި ވަޠަނީ ޚިދުމަތާއި ބެހޭ ވަޒީރު ޙަސަން ރަޝީދުއެވެ. މިދިޔަ މެއި މަހުގެ 17ވަނަ ދުވަހުން ފެށިގެން 15 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ތަމްރީން ޕްރޮގްރާމުގައި، ރާއްޖޭގެ 112 ރަށަކުން ޖުމުލަ 352 ކެޑޭޓުން ބައިވެރިވިއެވެ. ތަމްރީނުތައް ފުރިހަމަކޮށް ދަސްވެނިވެފައިވަނީ މިީގެ ތެރެއިން 341 ދަރިވަރުންނެވެ. އެއީ 279 ފިރިހެން ދަރިވަރުންނާއި 62 އަންހެން ދަރިވަރުންނެވެ.

ނިމުނު ހަފުތާ: 20 ބިލިޔަން ޑޮލަރުގެ ބިޔަ މަޝްރޫއާއެކު، ތަރައްޤީގެ އައު ސަފުހާއެއް
ނިމުނު ހަފުތާ: 20 ބިލިޔަން ޑޮލަރުގެ ބިޔަ މަޝްރޫއާއެކު، ތަރައްޤީގެ އައު ސަފުހާއެއް

(ސެޕްޓެމްބަރ 24) ހިންމަފުށީ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުގެ އައު އިމާރާތުގެ ބިންގާއަޅާފައިވަނީ ވެސް ނިމުނު ހަފުތާގައެވެ.
ހިންމަފުށީގައި ބޭއްވި ރަސްމިއްޔާތުގައި، ފެސިލިޓިގެ ބިންގާއަަޅުއްވައިދެއްވީ، ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާނާއި، މަސައްކަތް ހަވާލުކުރި އެންކޯ ހޯލްޑިން ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރެވެ. އަލަށް ހަދާ އިމާރާތުގައި 50 އަހަރުގެ ދިގު މުއްދަތަކަށް ޚިދުމަތް ދެވޭނެކަމަށާއި، އެތަނުގައި 500 މީހުންނަށް ފަރުވާދެވޭ ގޮތަށް ތަރައްޤީކުރާ މި އިމާރާތުގެ މަޝްރޫޢަކީ 5 މިލިއަން ޑޮލަރުގެ މަޝްރޫޢެކެވެ.

(ސެޕްޓެމްބަރ 2024) 3 ވުޒާރާގެ އަލިފާނުގެ ހާދިސާގެ ކަން ހިނގާދިޔަގޮތުގެ ހަގީގަތް ފުލުުހުން ވަނީ ބުރާސްފަތި ދުވަހު ހާމަކުރައްވާފައެވެ. ފުލުހުން ވިދާޅުވީ ތިން ވުޒާރާއެއްގައި ރޯވި ހާދިސާ ހިނގަން މެދުވެރިވި ކަރަންޓް ނަރުތައް ދަތި ދޭތެރެތަކުގައި ހުރުމުން އަލިފާން ރޯވިތަން ދެނެގަތުމަށް ބޮޑެތި ދަތިތަކެއް ފަޔަރ ފައިޓަރުންނަށް ކުރިމަތިވި ކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ. ތިން ވުޒާރާއެއްގައި އަލިފާން ރޯވެ އަނދައިގެން ދިޔަ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ފުލުހުންގެ ޚިދުމަތުންވަނީ ރާއްޖެއިން ބޭރުގެ އެހީތެރިކަމާއެކު ތަހުގީގެއް ހިންގާފައެވެ.

ނިމުނު ހަފުތާ: 20 ބިލިޔަން ޑޮލަރުގެ ބިޔަ މަޝްރޫއާއެކު، ތަރައްޤީގެ އައު ސަފުހާއެއް
ނިމުނު ހަފުތާ: 20 ބިލިޔަން ޑޮލަރުގެ ބިޔަ މަޝްރޫއާއެކު، ތަރައްޤީގެ އައު ސަފުހާއެއް

ސިއްޙީ ދާއިރާ

(ސެޕްޓެމްބަރު 18) އައިވީއެފް މެދުވެރިކޮށް ދަރުމަވަންތަ ހޮސްޕިޓަލުގައި މިހާތަނަށް 27 ކުދިން އުފަންވެފައިވާކަމަށް އެހޮސްޕިޓަލުން ވަނީ ވިދާޅުވެފައެވެ. އެހޮސްޕިޓަލުގައި އައިވީއެފްގެ ޚިދުމަތް ފެށީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. ވޭތުވެދިޔަ 9 މަސް ދުވަހުގެ ތެރޭގައި އެސެންޓަރުން ފަރުވާ ހޯދި ފަރާތްތަކުގެ ތެރެއިން 35 ފަރާތެއްގެ އައިވީއެފް ކާމިޔާބު ކުރެވިފައިވާއިރު، 8 ފަރާތެއްގެ ޓްރީޓްމަންޓް މިހާރުވެސް ކުރިއަށްދާކަމަށް އެހޮސްޕިޓަލުން ވިދާޅުވެއެވެ. ދަރިމައިވުމުގެ މައްސަލައަށް ރާއްޖޭގައި ތިބެގެން ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެއްސެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ.

ނިމުނު ހަފުތާ: 20 ބިލިޔަން ޑޮލަރުގެ ބިޔަ މަޝްރޫއާއެކު، ތަރައްޤީގެ އައު ސަފުހާއެއް
ނިމުނު ހަފުތާ: 20 ބިލިޔަން ޑޮލަރުގެ ބިޔަ މަޝްރޫއާއެކު، ތަރައްޤީގެ އައު ސަފުހާއެއް

(ސެޕްޓެމްބަރ 20) ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށާއި، އެކި ކަހަލަ ނަފްސާނީ އެހީތެރިކަން ފަސޭހަކަމާއެކު ފޯރުކޮށްދިނުމުގެ މަޤްޞަދުގައި "1456" އިފްތިތާޙުކޮށްފިައިވަނީވެސް ނިމުނު ހަފުތާގައެވެ.

ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ތަޢާރަފުކުރި މި ހިލޭ ގުޅޭ ހޮޓްލައިންގެ މައިގަނޑު ބޭނުމަކީ ކޮންމެ ޒުވާނަކަށްވެސް އެމީހެއްގެ ބޭނުންތަކާ އެއްގޮތަށް، އެއް ފުރާޅެއްގެ ދަށުން ކައުންސެލިންގއާއި، ނަފްސާނީ ޞިއްޙަތުގެ އެހީތެރިކަން އަދި ދުޅަހެޔޮ ދިރިއުޅުމަކަށް ބޭނުންވާ އިރުޝާދު ފޯރުކޮށްދިނުމެވެ.

ނިމުނު ހަފުތާ: 20 ބިލިޔަން ޑޮލަރުގެ ބިޔަ މަޝްރޫއާއެކު، ތަރައްޤީގެ އައު ސަފުހާއެއް
ނިމުނު ހަފުތާ: 20 ބިލިޔަން ޑޮލަރުގެ ބިޔަ މަޝްރޫއާއެކު، ތަރައްޤީގެ އައު ސަފުހާއެއް

ވިޔަފާރީގެ ދާއިރާ

(ސެޕްޓެމްބަރ 21) ތ. ހިރިލަންދޫގައި 200 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ޤާއިމުކުރުމުގެ މަޝްރޫޢު މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލައްތަކާއި ބެހޭ ވުޒާރާއިން އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށް، އެއްބަސްވުމުގައި ވަނީ ސޮއިކޮށްފިއެވެ. ހިރިލަންދޫގައި މަސް ފިނިކޮށް ރައްކާކުރެވޭނެ ނިޒާމެއް ގާއިމުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

މި މަޝްރޫއުގައި ހިމެނެނީ 200 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި، 10 މެޓްރިކް ޓަނުގެ ބްލާސްޓް ފްރީޒަރަކާއި، 0 ޑިގްރީ ސެލްސިއަސްގެ އެންޓޭ ރޫމެއްގެ އިތުރުން މަސް ޕްރޮސެސްކުރާނެ ޚާއްޞަ ސަރަޙައްދެއް ހިމެނެއެވެ. މީގެ އިތުރުން ކޮމްޕްރެސަރ ރޫމްއަކާއި ކަރަންޓު ވިއުގައާއި ބެކަޕް ޖަނަރޭޓަރާއި، އަލިފާނުން ރައްކާތެރިވުމުގެ ނިޒާމާއި، އީއެލް.ވީ ނިޒާމުތައް އެޅުމާއެކު، އިމާރާތުގެ ބޭރުގެ އެންމެހައި މަސައްކަތްތައްކޮށް ސައިޓް އެއްކޮށް ތަރައްޤީކޮށް ނިންމުން ހިމެނެއެވެ.

ނިމުނު ހަފުތާ: 20 ބިލިޔަން ޑޮލަރުގެ ބިޔަ މަޝްރޫއާއެކު، ތަރައްޤީގެ އައު ސަފުހާއެއް
ނިމުނު ހަފުތާ: 20 ބިލިޔަން ޑޮލަރުގެ ބިޔަ މަޝްރޫއާއެކު، ތަރައްޤީގެ އައު ސަފުހާއެއް

(ސެޕްޓެމްބަރ 19) ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއިން މިދިޔަ އޮގަސްޓްމަހުގެ ނިޔަލަށް 653 މިލިޔަން ޑޮލަރު ވިއްކާފައިވާކަމަށް އެ ބޭންކުން ވަނީ ހާމަކޮށްފައެވެ. ބީއެމްއެލްއިން ވިދާޅުވީ، ޑޮލަރު ވިއްކައިގެން ރާއްޖެއިން ބޭރުވާ މިންވަރު %33.33 އިތުރުވެ، މަހެއްގެ މައްޗަށް 81.6 މިލިޔަން ޑޮލަރަށް އަރާފައިވާކަމަށެވެ. އަދި ބީއެމްއެލް މެދުވެރިކޮށް ރުފިޔާ އެކައުންޓްތަކުން ކުރާ ބޭރުގެ މުއާމަލާތްތައް މިއަހަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ބީއެމްއެލްއިން ވިދާޅުވީ، ބޭންކަށް މާރުކުރެވޭ ޑޮލަރާ އަޅާބަލާއިރު، މި މިންވަރަށް ރުފިޔާއަށް ޑޮލަރު ވިއްކިގެން ބޭރުވުމަކީ ދެމެހެއްޓެނިވި ކަމެއްނޫންކަމަށާއި ސެޕްޓެންބަރު މަހަކީ އާންމުކޮށްވެސް ޑޮލަރުގެ ތާށިކަން އެންމެ ބޮޑަށް ކުރިމަތިވާ އެއް މަސްކަމަށްވުމުން، މިކަމުގެ ސަބަބުން ބޭންކަށް އޮތް ގޮންޖެހުންތައް އިތުރުވެފައިވާކަމަށެވެ.

ނިމުނު ހަފުތާ: 20 ބިލިޔަން ޑޮލަރުގެ ބިޔަ މަޝްރޫއާއެކު، ތަރައްޤީގެ އައު ސަފުހާއެއް
ނިމުނު ހަފުތާ: 20 ބިލިޔަން ޑޮލަރުގެ ބިޔަ މަޝްރޫއާއެކު، ތަރައްޤީގެ އައު ސަފުހާއެއް

އެހެނިހެން ޚަަބަރުތައް

(ސެޕްޓެމްބަރ 24) އައްޑޫ ލިންކް ރޯޑު ފުޅާކޮށް ތަރައްޤީކުރުމަށް ޗައިނާ ކުންފުންޏަކާ ހަވާލުކުރީވެސް ނިމުނު ހަފުތާގައެވެ.
މިކަމުގެ އެއްބަސްވުމުގައި ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ސޮއިކުރެއްވީ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އަދި ރޯޓައިމް އިންޖިނިއަރިންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޒޫ ވެއިޑޮންގްއެވެ. މި މަޝްރޫޢުގެ ދަށުން ޑީޓުއަރ ބުރިޖުން ފެށިގެން ހިތަދޫ ސްޓޭޑިއަމްއާ ހަމައަށް ލިންކް ރޯޑް 4 ލޭނަށް ފުޅާކޮށް 12.3 ކިލޯމީޓަރުގެ މަގު ތަރައްޤީކުރުމަށް ހަވާލުކޮށްފައިވެއެވެ.

ނިމުނު ހަފުތާ: 20 ބިލިޔަން ޑޮލަރުގެ ބިޔަ މަޝްރޫއާއެކު، ތަރައްޤީގެ އައު ސަފުހާއެއް
ނިމުނު ހަފުތާ: 20 ބިލިޔަން ޑޮލަރުގެ ބިޔަ މަޝްރޫއާއެކު، ތަރައްޤީގެ އައު ސަފުހާއެއް

(ސެޕްޓެމްބަރ 20) މިއަހަރުގެ އޯލެވެލް އިމްތިޙާނު 8000އަށްވުރެ ގިނަ ދަރިވަރުންނާއެކު ފަށާފައިވަނީ އާދީއްތަ ދުވަހުއެވެ. އޯ ލެވެލް އިމްތިޙާނު ފަށާފައިވަނީ އެޗްއެސްސީ އިމްތިޙާނުގެ ދިވެހި މާއްދާއިންނެވެ. ގްރޭޑް 10 ނިންމާ ދަރިވަރުންގެ އޯލެވެލް އިމްތިޙާނު ކުރިއަށްދާނީ މިއަދުން ފެށިގެން ނޮވެމްބަރު 12ގެ ނިޔަލަށެވެ.

ތަޢުލީމާ މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ވިދާޅުވީ، މިއަހަރުގެ އޯލެވެލް އައިޖީސީއެސްއީ އިމްތިޙާނުގައި 8111 ދަރިވަރުން ބައިވެރިވެފައިވާކަމަށެވެ. އަދި އެޗްއެސްސީ އިމްތިޙާނުގައި 7776 ދަރިވަރުން ބައިވެރިވާނެކަމަށެވެ. މިއަހަރުގެ އިމްތިޙާނު މާލެ ސަރަޙައްދުގެ 25 ސެންޓަރެއްގައި 3222 ދަރިވަރުން އަދި އަތޮޅުތަކުގެ 242 ސެންޓަރުގައި 2869 ހެދުމަށް ހަމަޖެހިފައިވެއެވެ.

ނިމުނު ހަފުތާ: 20 ބިލިޔަން ޑޮލަރުގެ ބިޔަ މަޝްރޫއާއެކު، ތަރައްޤީގެ އައު ސަފުހާއެއް
ނިމުނު ހަފުތާ: 20 ބިލިޔަން ޑޮލަރުގެ ބިޔަ މަޝްރޫއާއެކު، ތަރައްޤީގެ އައު ސަފުހާއެއް

(ސެޕްޓެމްބަރ 18) އެއްފަހަރު ބޭނުންކޮށް އުކާލާ ޖޫސް ބޯ، ޕްލާސްޓިކް ހޮޅި 2031 ވަނަ އަހަރުގެ ޑިސެމްބަރު މަހާއި ހަމައަށް އުފައްދާ ވިއްކުމުގެ ހުއްދަ އަލުން ދޭން ސަރުކާރުން މިވަނީ ނިންމައިފައެވެ. މި ބަދަލު ގެނެސްފައިވަނީ ރައީސުލްޖުމްހޫރީއްޔާ ޤަރާރަކުންނެވެ. ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓު ކަނޑައެޅުމުގެ ޤަރާރަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގެ މަޝްވަރާގެ މަތީން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި ބަދަލު ގެންނެވީ މިހާރު ބޭނުންކުރަމުންދާ ކަރުދާސް ހޮޅިތަކާ ގުޅޭގޮތުން އާންމުންގެ ހުރި ބައެއް ކަންބޮޑުވުންތައް އަޑުއަހައި ފެންވަރު ރަނގަޅު އަދި ދެމެހެއްޓެނިވި ބަދަލެއް މާކެޓަށް ގެނައުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ނިމުނު ހަފުތާ: 20 ބިލިޔަން ޑޮލަރުގެ ބިޔަ މަޝްރޫއާއެކު، ތަރައްޤީގެ އައު ސަފުހާއެއް
ނިމުނު ހަފުތާ: 20 ބިލިޔަން ޑޮލަރުގެ ބިޔަ މަޝްރޫއާއެކު، ތަރައްޤީގެ އައު ސަފުހާއެއް

(ސެޕްޓެމްބަރ 20) ޤަވާއިދާ ޚިލާފަށް ބިންތަކެއް ދިން މައްސަލައިގައި ތިނަދޫ މޭޔަރު ސަޢުދު ޢަލީގެ މައްޗަށް ދައުވާކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީން ނިންމައި އެކަން ހާމަކުރެއްވީ އާދީއްތަ ދުވަހުއެވެ. އޭސީސީން ވިދާޅުވީ ކައްކާ ގޭހުގެ ވިޔަފާރި ކުރުމަށް ގދ. ތިނަދޫއިން ބިމެއް ހޯދުމަށް އަމިއްލަ ކުންފުންޏަކުން އެދުމުން، "ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ގަވާއިދު"ގައި ބީލަމަށް ހުޅުވާނުލައި ސިނާއީ / ވިޔަފާރީގެ ބޭނުމަށް ބިން ދޫނުކުރެވޭނެކަން ބަޔާންކޮށްފައި ވީނަމަވެސް، ތިނަދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 111 ވަނަ ރަސްމީ ބައްދަލުވުމުގައި އެ ކުންފުންޏަށް ބިމެއް ދޫކުރަން ނިންމި ކަމަށެވެ.

ނިމުނު ހަފުތާ: 20 ބިލިޔަން ޑޮލަރުގެ ބިޔަ މަޝްރޫއާއެކު، ތަރައްޤީގެ އައު ސަފުހާއެއް
ނިމުނު ހަފުތާ: 20 ބިލިޔަން ޑޮލަރުގެ ބިޔަ މަޝްރޫއާއެކު، ތަރައްޤީގެ އައު ސަފުހާއެއް

މީގެ އިތުރުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްގެ ކުރީގެ ސީއީއޯ މުޙައްމަދު ޖުނައިދުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީން ވަނީ ނިންމައިފިއެވެ. އެ ކޮމިޝަނުން މި ދައުވާ ކުރުމަށް ނިންމާފައިވަނީ އޭސީ ގަތުމުގައި ހިންގާފައިވާ ކޮރަޕްޝަނުގެ އަމަލާ ގުޅިގެންނެވެ. މި މައްސަލައިގައި ޖުނައިދުގެ އިތުރުން އެމްޕީއެލްގެ ކުރީގެ މުވައްޒަފެއްގެ މައްޗަށްވެސް ދައުވާ ކުރުމަށް ވަނީ ނިންމަވާފައެވެ.

ނިމުނު ހަފުތާ: 20 ބިލިޔަން ޑޮލަރުގެ ބިޔަ މަޝްރޫއާއެކު، ތަރައްޤީގެ އައު ސަފުހާއެއް
ނިމުނު ހަފުތާ: 20 ބިލިޔަން ޑޮލަރުގެ ބިޔަ މަޝްރޫއާއެކު، ތަރައްޤީގެ އައު ސަފުހާއެއް

25 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ބޮޑެތި ޚިދުމަތްތަކެއް ކޮށްދެއްވި، ޑރ. މުޙައްމަދު ޢަލީ އަވަހާރަވެފައިވަނީވެސް އާދީއްތަ ދުވަހުއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަންވެސް ޑރ، މުޙައްމަދު ޢަލީ ވަނީ ކުރައްވާފައެވެ.

ޑރ. މުޙައްމަދު ޢަލީ އަވަހާރަވުމާ ގުޅިގެން ތަޢުޒިޔާ ވިދާޅުވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނަކީ އިސްލާމީ ހޭލުންތެރިކަމާއި ތިމާވެށީގެ އެކި ދާއިރާތަކުން މުޖްތަމަޢަށް ގިނަގުނަ މަޢުލޫމާތުތަކެއް ފޯރުކޮށްދެއްވައި، ޢިލްމީ ދިރާސާތައް ކުރެއްވި، ޚުލްޤު ހެޔޮ، ދީންވެރި ނަމޫނާ ޝަޚްޞިއްޔަތެއްކަން ފާހަގަކުރައްވަމުން ރައީސް ވަނީ އެމަނިކުފާނަކީ އެންމެންގެ ލޯތްބާއި އިޙްތިރާމް ހޯއްދެވި ޤަދަރުވެރި ބޭފުޅެއްކަމަށެވެ.