ށ. އަތޮޅު ކަނޑުގެ ސަރަހައްދުގައި މަހަށް ނުކުމެއުޅުނު ރ. ދުވާފަރު މީހަކު ނިޔާވެއްޖެއެވެ.
ފުލުހުން ވިދާޅުވީ ށ. އަތޮޅު ކަނޑުގެ ސަރަހައްދުގައި މަހަށް ނުކުމެއުޅުނު ރ. ދުވާފަރު ދޯންޏަކުން ފީނަން ފޭބި މީހަކު ދޯންޏަށް އެރިފަހުން ހާލުދެރަވެގެން ށ. މަރޮށި ސިއްހީ މަރުކަޒަށް ގެންދިޔައީ އިއްޔެ މެންދުރުފަހު 15:20 އެހައިކަންހާއިރު ރިޕޯޓުކޮށްފައިވާކަމަށެވެ.
ސިއްޙީ މަރުކަޒަށް ގެންދިޔައިރު ވެސް މީހާ ނިޔާވެފައިވާ ކަމަށް ސިއްހީ މަރުކަޒުން ވަނީ ފުލުހުންނަށް މައުލޫމާތު ދެއްވާފައެވެ. ނިޔާވެފައިވަނީ ރ. ދުވާފަރު، ލިލީމާގެ އުމުރުން 30 އަހަރުގެ މުޙައްމަދު ޝައްފާންއެވެ.
މި މައްސަލަ ފުލުހުންދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.
މަހަށް ނުކުމެއުޅުނު ދުވާފަރު ޒުވާނަކު ނިޔާވެއްޖެ
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed