ރާއްޖޭގެ އުއްމީދީ ޝޫޓިން އެތުލީޓުންކަމުގައިވާ އަޙްމަދު މާއިދު މުޙައްމަދާއި އައިޝަތު އީޝާ ޝަހީދު، ޝޫޓިންގެ ޤައުމީ ރެކޯޑެއް ގާއިމްކޮށްފިއެވެ.

މި ދެ އެތުލީޓުން ގާއިމްކޮށްފައި ވަނީ، 10 މީޓަރު އެއަރ ރައިފަލް މިކްސްޑް ޓީމް އިވެންޓުގެ ޤައުމީ ރެކޯޑެވެ.

ރެކޯޑު ގާއިމްކޮށްފައި ވަނީ ޖަޕާނުގައި މިހާރު ކުރިޔަށްދާ 20 ވަނަ އޭޝިއަން ގޭމްސް ގައި 617.5 ޕޮއިންޓު ހޯދައިގެންނެވެ.

މާއިދު ވަނީ މި ގޭމްސްގެ ތެރެއިން ފިރިހެނުންގެ 10 މީޓަރު އެއަރ ރައިފަލް އިވެންޓުގެ ގައުމީ ރެކޯޑު ވެސް އައުކޮށްފައެވެ.

މާއިދާއި އީޝާއަށް ޝޫޓިންގެ ޤައުމީ ރެކޯޑެއް
މާއިދާއި އީޝާއަށް ޝޫޓިންގެ ޤައުމީ ރެކޯޑެއް

މާއިދު މި ރެކޯޑް އައުކޮށްފައިވަނީ މުބާރާތުގައި ފިރިހެނުންގެ 10 މީޓަރު އެއަރ ރައިފަލް އިވެންޓުގައި 614.5 ޕޮއިންޓް ހޯދައިގެންނެވެ.

ޖަޕާނުގައި ކުރިއަށްދާ އޭޝިއަން ގޭމްސްގައި އޭޝިއާ ސަރަހައްދުގެ އެތައް ގައުމަކުން އެތުލީޓުން ވާދަކުރަމުން އަންނައިރު، މުޅި ދުނިޔޭގެ ޝޫޓިން ތާރީޚުގައި އުފެދުނު އެންމެ މޮޅު ޝޫޓަރު، ޗައިނާގެ ޝަންގް ލީހައޮ ވެސް އަންނަނީ މި ގޭމްސްގައި ވާދަކުރަމުންނެވެ.