ކުރިއަށް އޮތް ބައިނަލްއަޤްވާމީ ބްރޭކުގައި ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމުން ކުޅޭ އެކުވެރިކަމުގެ ތިން މެޗަށް އެކުލަވާލި ޤައުމީ ސްކޮޑު އިއުލާނުކޮށްފިއެވެ.
އެފްއޭއެމް އިން އިއުލާނުކޮށްފައިވާ 23 ކުޅުންތެރިންގެ ސްކޮޑުގައި އެންމެ ގިނައިން ފުރުސަތު ލިބިފައިވަނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ނިސްބަތްވާ ކުޅުންތެރިންނެވެ. އެގޮތުން އެ ޓީމުގެ 9 ކުޅުންތެރިއަކަށް ސްކޮޑުން ފުރުސަތު ދީފައިވެއެވެ. ދެން އެންމެ ގިނައީ އެންމެފަހުގެ ލީގު ރަނަރަޕް، ޕްރެޒިޑެންޓް ކަޕުގެ ޗެމްޕިއަން އޮޑި ސްޕޯޓްސް ކުލަބަށް ނިސްބަތްވާ ކުޅުންތެރިންނެވެ. އެޓީމަށް ނިސްބަތްވާ 6 ކުޅުންތެރިއަކަށް ސްކޮޑުން ފުރުސަތު ދީފައިވެއެވެ.
މީގެއިތުރުން، ވިކްޓްރީ ސްޕޯޓްސް ކުލަބުގެ 3 ކުޅުންތެރިއަކަށާއި، ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ދެ ކުޅުންތެރިއަކަށް އަދި ބުރު ސްޕޯޓްސް ކުލަބުގެ ދެ ކުޅުންތެރިއަކަށް ވެސް ޤައުމީ ސްކޮޑުން ވަނީ ފުރުސަތު ދީފައެވެ. އަދި ޓީސީ ސްޕޯޓްސް ކުލަބުގެ ޙަސަން އީނާޒް (ބަކާ) ވެސް ވަނީ ޤައުމީ ސްކޮޑުން އަނެއްކާވެސް ޖާގަ ހޯދާފައެވެ.

މި މެޗަށް އެކުލަވާލި 23 ކުޅުންތެރިންގެ ސްކޮޑު:
- ޙުސެއިން ޝަރީފް (މާޒިޔާ)
- ސަމޫޙު އަލީ (މާޒިޔާ)
- އިބްރާޙީމް އައިސަމް (މާޒިޔާ)
- ހައިޝަމް ޙަސަން (މާޒިޔާ)
- އިބްރާޙީމް މަހުދީ ޙުސެއިން (މާޒިޔާ)
- އަބްދުﷲ ލޫތު އިބްރާޙީމް (މާޒިޔާ)
- އަޙްމަދު އައިހަމް (މާޒިޔާ)
- ނައްސާޙް އިބްރާޙީމް ނާސިރު (މާޒިޔާ)
- ނިޝާމް މުޙައްމަދު ރަޝީދު (މާޒިޔާ)
- މުޙައްމަދު އަޝްވާން (އޮޑި ސްޕޯޓްސް ކުލަބު)
- އިބްރާޙީމް ވަހީދު ހަސަން (އޮޑި ސްޕޯޓްސް ކުލަބު)
- އަޙްމަދު އައިހަމް (އޮޑި ސްޕޯޓްސް ކުލަބު)
- މުޒްދާން ޙަސަން (އޮޑި ސްޕޯޓްސް ކުލަބު)
- އަޙްޒަމް ރަޝީދު (އޮޑި ސްޕޯޓްސް ކުލަބު)
- އަޙްމަދު ނޫމާން (އޮޑި ސްޕޯޓްސް ކުލަބު)
- މުޙައްމަދު ޔާމީން (ވިކްޓްރީ)
- އަޙްމަދު މާއިޝް ރަޝީދު (ވިކްޓްރީ)
- ޙުސެއިން ސިފާއު ޔޫސުފް (ވިކްޓްރީ)
- އަލީ ފާސިރު (ނިއުރޭޑިއަންޓް)
- އަމްދާން އަލީ (ނިއުރޭޑިއަންޓް)
- ޠާއިފް ޤާސިމް (ބުރު ސްޕޯޓްސް ކުލަބު)
- އަރީން އަބްދުﷲ އިބްރާޙީމް (ބުރު ސްޕޯޓްސް ކުލަބު)
- ޙަސަން އީނާޒް (ޓީސީ ސްޕޯޓްސް ކުލަބު)
މިފަހަރުގެ ސްކޮޑުގައި ހިމެނި މުޅިން އަލަށް ޤައުމީ ޓީމާއެކު ބައިނަލްއަޤްވާމީ މެޗަކަށް ދިޔަ ކުޅުންތެރިންގެ ތެރޭގައި ބުރުގެ އަރީން، ވިކްޓްރީގެ މާއިޝް ރަޝީދުގެ އިތުރުން މާޒިޔާގެ ނިޝާމް މުޙައްމަދު ރަޝީދު ފާހަގަކޮށްލެވެއެވެ.