އިސްލާމީ ކަންތައްތަކާއި އަޢުޤާފާ ބެހޭ ވުޒާރާއިން އިންތިޒާމްކޮށްގެން ބާއްވާ "މަޢުރިފާ 2026" ފޮތް މަޢުރަޒު އަންނަ އޮކްޓޫބަރު މަހުގެ 1 އިން 3 އަށް ބޭއްވުމަށް ނިންމައިފިއެވެ.
މި މަޢުރަޒުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކަށް ހުޅުވާލި ފުރުޞަތުގެ ސުންގަޑި މިއަދު މެންދުރުފަހު 14:00 އަށް ވަނީ ހަމަވެފައެވެ.
މި ފޮތް މަޢުރަޒު ކުރިއަށް ދާނީ އޮކްޓޫބަރު މަހުގެ 1 އިން 3 އަށް، ކޮންމެ ދުވަހަކުވެސް މެންދުރުފަހު 16:00 އިން 18:00 އަށް އަދި ރޭގަނޑު 20:00 އިން 22:00 އަށެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވިގޮތުގައި، މި މަޢުރަޒާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3020263 ނުވަތަ 3020289 ނަންބަރު ފޯނަށް ގުޅުއްވައިގެން ނުވަތަ[email protected]އީމެއިލް މެދުވެރިކޮށް މަޢުލޫމާތު ހޯއްދެވޭނެއެވެ.
މިއީ ދީނީ އަދި ޢިލްމީ ފޮތްތަކަށް އާންމުން އަހުލުވެރިކުރުވުމުގެ މުހިންމު މަޤްޞަދުގައި އިންތިޒާމްކުރާ މަޢުރަޒެކެވެ. ފޮތް ލިޔުންތެރިންނާއި ޝާޢިރުންގެ ޢިލްމީ އަދި އަދަބީ މަސައްކަތްތައް އާންމުންނާ ހަމައަށް ފޯރުކޮށްދިނުމުގެ ތަނަވަސް ފުރުޞަތެއް މި މައުރަޒުގެ ތެރެއިން ފަހިވެގެންދާނެކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
އިސްލާމީކަންތައްތަކާއި އަޢުޤާފާ ބެހޭ ވުޒާރާއިން މިދިޔަ އަހަރުވެސް ވަނީ މި މަޢުރަޒު ބާއްވައިފައެވެ. މިދިޔަ އަހަރުގެ މަޢުރަޒަށްވެސް އާންމުންގެ ބޮޑު ތަރުޙީބަކާއި އެއްބާރުލުމެއް ވަނީ ލިބިފައެވެ.
"މަޢުރިފާ 2026" ފޮތް މަޢުރަޒު އޮކްޓޫބަރު 1-3 އަށް ބާއްވަނީ
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed