ދިވެހި ދައުލަތަށް ގިނަ އަހަރުތަކެއްވަންދެން ޚިދުމަތްކުރެއްވި އަޙްމަދު މަނިކު އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސިފައިންގޭގަ ގިނަ ދުވަހު ޚިދުމަތްކުރައްވައިފައިވާ، އަދި ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ މ.މާކަރީ، އަޙްމަދު މަނިކު އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވެވަޑައިގެން މަރްޙޫމްގެ ޢާއިލާއަށް އިޚްލާސްތެރިކަމާއެކު ތަޢުޒިޔާ ދަންނަވާކަމަށެވެ. އަދި މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި މަރްޙޫމު ލަހައްޓަވާ ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުން އެދިވަނީ ދުޢާ ދަންނަވާފައެވެ.
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ،
ސިފައިންގޭގައި ގިނަ ދުވަހު ޚިދުމަތްކުރައްވައިފައިވާ، އަދި ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވުމާއެކު، ދައުލަތަށް ޚިދުމަތްކުރެއްވުމުގެ އިނާމު، 2023ވަނަ އަހަރު ހާސިލުކުރައްވައިފައިވާ، މ.މާކަރީ،…pic.twitter.com/CzCLoMmQcB— Dr Mohamed Muizzu (@MMuizzu)September 13, 2026
ދިވެހި ދައުލަތަށް ދިގުމުއްދަތަކަށް ޚިދުމަތްކުރެއްވި އަޙްމަދު މަނިކަށްވަނީ ދައުލަތަށް ޚިދުމަތްކުރެވުމުގެ އިނާމު 2023 ވަނަ އަހަރު ލިބިވަޑައިގަންނަވާފައެވެ.