ރާޒުވާގެ އެންމެ ބޮޑު މުބާރާތްކަމަށްވާ ޗެސް އޮލިމްޕިއާޑްގައި ރާއްޖޭގެ 10 ކުޅުންތެރިއަކު ވާދަކުރުމަށް ތައްޔާރުވަމުން އެބަދެއެވެ.
މިމަހުގެ 15 އިން 28 އަށް އުޒްބަކިސްތާނުގެ ސަމަރކަންޑުގައި ބޭއްވުމަށް ހަމަޖެހިފައިވާ 46 ވަނަ ފިޑޭ ޗެސް އޮލިމްޕިއާޑްގައި ރާއްޖޭގެ 5 ފިރިހެން އެތުލީޓުންނާއި 5 އަންހެން އެތުލީޓުން ވާދަކުރާނެއެވެ. އެގޮތުން ޤައުމީ ސްކޮޑުގައި ހިމެނޭ ފިރިހެން ކުޅުންތެރިންނަކީ މުހައްމަދު ޝުޢާއު، މުހައްމަދު ހަސަން، ޢަބްދުއްރަހްމާން ޢަލީ، މުހައްމަދު ރާކިން ފަޔާޒް އަދި އަހްމަދު އަބޫބަކުރުއެވެ.


ޗެސް އޮލިމްޕިއާޑަށްދާ ސްކޮޑުގައި ރާއްޖޭގެ އެއްވަނަ ފިރިހެން ކުޅުންތެރިޔާ ޝުއާއުވެސް ހިމެނޭ--
ޤައުމީ ސްކޮޑުގައި ހިމެނޭ އަންހެން ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ނިހާޔާ އަހްމަދު، އީނާ ޢަބްދުﷲ ހަސަން، މަރްޔަމް ލައިސާ ޢަބްދުއްރަޝީދް، ޢާއިޝަތު އަލްޔާ މުހައްމަދު ޝަރީފްގެ އިތުރުން ޢާއިޝަތު ނޯޔާ ޝަހުރުއްދީން އަފީފްއެވެ.
46 ވަނަ ފިޑޭ ޗެސް އޮލިމްޕިއާޑްގައި ވާދަކުރާ ޤައުމީ ސްކޮޑަކީ މިވަގުތު ރާޒުވާއިން ރާއްޖޭގެ ރޭންކިންގެ އެންމެ އުހުގައި ފިޔަޖަހަމުން އަންނަ އެތްލީޓުންނެވެ. މި އެތްލީޓުން މުބާރާތަށް ހޮވުނީ ޤައުމީ މުބާރާތުގައި ވާދަކޮށް، ރޭންކްގެ ޓޮޕް 5 ގައި ހިމެނުމުންނެވެ.


ނޭޝަނަލް ކްލަބް ޗެސް ޗެންޕިއަންޝިޕްގެ ތެރެއިން--
ޗެސް އޮލިމްޕިއާޑްގައި ވާދަކުރުމަށް ޤައުމީ ޓީމު ތައްޔާރުވަމުން އަންނަނީ ބިދޭސީ ކޯޗެއްގެ އިރުޝާދުގެ ދަށުންނެވެ. މުބާރާތަށް ޤައުމީ ޓީމު އުޒްބަކިސްތާނަށް ފުރާނީ 13 ވަނަ ދުވަހުއެވެ.
އުޒްބަކިސްތާނުގެ ސިލްކް ރޯޑް ސަމަރކަންޑް ކޮމްޕްލެކްސްގައި މުބާރާތުގެ ކުޅުން އޮންނައިރު، މިމުބާރާތުގައި ދުނިޔޭގެ އެކިކަންކޮޅުތަކުން 1800އަށް ވުރެ ގިނަ އެތުލީޓުން ވާދަކުރާނެއެވެ.