ޖަރުމަނުގެ ޑިފެންޑަރު އެންޓޯނިއޯ ރުޑިގާ 33 އަހަރުގައި ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި އެވެ.
ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނު ކުރަމުން ރުޑިގާ ބުނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލުމުގެ ވަގުތު ޖެހިއްޖެކަމުގެ އިހުސާސް ކުރެވޭ ކަމަށާއި, ޒުވާން ކުޅުންތެރިންނަށް ފުރުޞަތު ދޭންވީ ވަގުތު ޖެހިއްޖެ ކަމަށެވެ. އެއާއެކު އޭނާ ފާހަގަކުރީ މިދިޔަ ފަހުގެ ތާރީޚުގައި ގައުމީ ޓީމާއެކު ބޮޑު މުބާރާތެއް ކާމިޔާބު ނުކުރެވުނު ކަމާއި, ހިތްދަތ ބޮޑަތި ބައްޔާވެސް ކުރިމަތިލާން ޖެހިފައިވާ ކަމެވެ. އެކަމަކު ގައުމީ ޓީމްގައި ކުޅުމުގެ ފުރުޞަތަކީ އަބަދުމެ ފަޚުރުވެރިވާނެ, ކެރިއަރު ފުރިހަމަކޮށްދިން ފުރުޞަތެއްގެ ގޮތުގައި ރުޑިގާ ފާހަގަކުރިއެވެ.
ރުޑިގާ ގައުމީ ޓީމަށް ކުޅުން ހުއްޓާލީ 12 އަހަރަށްފަހުއެވެ. 2014 ވަނަ އަހަރު ގައުމީ ޖަރޒީ ލާން ފެށިގޮތަށް ގައުމީ ޓީމަށް 86 މެޗު ކުޅެދިނެވެ. އެކަމަކު އެއަހަރު ވޯލްޑްކަޕް ކާމިޔާބުކުރި ޓީމްގައި އޭނާ ނުހިމެނެއެވެ. ގައުމީ ޓީމާއެކު އެންމެ ފަހު މުބާރާތަކީ ފީފާ ވޯލްޑް ކަޕެވެ. އެމުބާރާތުން ކެޓީ ދެވަނަ ބުރުންނެވެ. 32 ޓީމް ފަހަނައަޅާ ޖަރުމަނަށް ކުރިއަށް ނުދެވުނެވެ. އޭގެ ކުރިން 2018 ވަނަ އަހަރާއި 2022 ވަނަ އަހަރުގެ ވޯލްޑްކަޕްގައި ކެޓީ ގްރޫޕް ސްޓޭޖުންނެވެ.
ރުޑިގާގެ ކެރިއަރު ފެށީ ޑޯޓްމަންޑާއި, ސްޓްޓްގާޓްގެ ޔޫތް ސިސްޓަމުގެ ތެރެއިން ނިކުމެ, ރޯމާ އާއި ޗެލްސީންނެވެ. ރެއާލް މެޑްރިޑަށް ބަދަލުވީ ޗެލްސީންނެވެ. ޗެލްސީއާއެކު ޗެމްޕިއަންސް ލީގު ހޯދިއެވެ. ރެއާލްއަށް ބަދަލުވެ 2024 ވަނަ އަހަރު ޗެމްޕިއަންސް ލީގާއި ލަލީގާ ހޯދިއެވެ.
ރުޑިގާ ބުނީ އޭނާގެ ހުރިހާ ފޯކަސްއެއް މިހާރު ހުރީ ހަމައެކަނި ރެއާލް މެޑްރިޑަށް ކަމަށެވެ.
33 އަހަރުގައި ރުޑިގާ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed